ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އާ ގުޅޭ މައުލޫމާތާއި ހަބަރު ގެނެސްދިނުމުގައި އެންމެ ހަރަކާތްތެރި ނޫސްވެރިއާ އަށާއި މީޑިއާއަކަށް ހާއްސަ އެވޯޑެއް ދޭން އެ ޔުނިވާސިޓީން ނިންމައިފި އެވެ.
މީޑިއާތަކުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާ އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މީޑިއާ އަކީ އިސްލާމިކް ޔުނިވާސިޓީގެ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ތެރޭގައި ނޫސްވެރިންނަށް ހާއްސަ އެވޯޑެއް ދެއްވާނޭ ކަމަށް ޝަހީމް އިއުލާން ކުރައްވާފައެވެ.
“ކައުންސިލަށް ހުށަހަޅަން އައިޔޫއެމްއާ ގުޅޭ އެންމެ ގިނަ ހަބަރު ފަތުރާ މީޑިއާ އަކަށް އެވޯޑެއް ހުށަހަޅަން. އައިޔޫއެމްއަށް އެންމެ ކަމޭހިތާ ނޫސްވެރިއާއަށް އިނާމެއް ދިނުމުގެ ޕްރޮގްރާމެއް 2017 ވަނަ އަހަރު ފަށާނަން. ނޫސްވެރިއެއްގެ އިތުރުން މުއައްސަސާއެއް ވެސް ހޮވާނަން،” ޗާންސެލަރު ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިންގެ އަގުވަޒަންކޮށް އެވޯޑެއް ދޭ ފުރަތަމަ މުއައްސަސާއަކަށް އައިޔޫއެމް ވެގެންދިއުމަކީ އެ ޔުނިވާސިޓީގެ އަމާޒެއް ކަމަށެވެ.

















ޚިޔާލު