އިސްލާމީފަތުވާދޭ އެންމެ މަތީ މަޖީލިހަށް ދެބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
މި ދެބޭފުޅުން މި މަޤާމަށް އައްޔަނު ކުރެއްވީ މި މަހުގެ ހަތްވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. މި މަޤާމަށް ރައީސް އައްޔަނު ކުރައްވާފައިވަނީ އައްޝައިޙް އާދަމް ޝަމީމްއާ އަލްއުސްތާޛު އިސްޙާޤު މުޙައްމަދުފުޅެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށްގެނައި އިސްލާހާއެކު އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ހަމައެކަނި ރައީސަށް ދޭ ގޮތަށް ޤާނޫނު ވަނީ ބަދަލުވެފައެވެ. މި ޤާނޫނު ބުނާގޮތުން މި މަޖިލީހުގައި ކުރިން ތިއްބަވާ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ޢައްޔަންކުރާ މެންބަރަކު ނުއިންނަވާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރަކު މި ޤާނޫނަށް ގެނައި އިސްލާހާއެކު އައްޔަނު ކުރެވޭނެއެވެ.
މީގެ އިތުރުން ރައީސް އައްޔަނު ކުރައްވާ ތިން މެންބަރަކު މި ކޮމެޓީގައި ތިއްބަވާގޮތަށް ޤާނޫނު ވަނީ އިސްލާހު ކުރެވިފައެވެ.

















ޚިޔާލު