ރާއްޖޭގެ ޚަބަރު

ރާއްޖެ އިސްލާމްވި ދުވަސް މިއަހަރު ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ނިންމަވައިފި

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވައިއެވެ.

ރަބީއުލްއާޚިރުމަހުގެ 2ވަނަ ދުވަސް ނުވަތަ މީލާދީގޮތުން މިއަހަރުގެ ޑިސެމްބަރމަހުގެ 31ވަނަ ދުވަހު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްއެވެ. މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ  23ޑިސެމްބަރވާ ދުވަހުގެ ހަވީރު  4ޖަހާއިރު ހުކުރު މިސްކިތް ކައިރީގައި ކައުންޓްޑައުން ފެއްޓުމުގެ ހާއްސަ ހަރަކާތަކުންނެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޓީވީ ފްރޮގްރާމްތައް ހިންގަވާ ދިވެހިވަހުގެ އެކެޑަމީއާއި ގުޅިގެން ސްކޫލްކުދިންގެ ޅެންހެދުމުގެ އަދި މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ބޭއްވުމަށްވަނީ ނިންމަވާފައެވެ. ވީހާވެސް ބޮޑަށް އިސްލާމީ ގިއުގަނޑުގެ ތެރެއިން އުފާފާޅުކުރުމުގެ މަސައްކަތްތައް ކުރުމަށް ނިންމަވާފައިވާއިރު 31ޑިސެމްބަރުވާ ދުވަހު މަޣްރިބް ނަމާދަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނީ ދިދަނެގުމާއި ހާއްސަ ދުއާއެއްކުރުމަށް ރާވާފައެވެ.

އަދި މިދުވަހު އެންމެ ހާއްސަ އެއް ހަރަކާތެއްގެ ގޮތުގައިވަނީ ރާއްޖެ އިސްލާމްކޮށްދެއްވި ބޭފުޅާ ކަމުގައި ބުނެވޭ އަބުލްބަރަކާތު ޔޫސުފުލްބަރުބަރީ ފަސްދާނުލެވިފައިވާ މެދުޒިޔާރަތް އާއްމުންނަށް ހުޅުވާލުމަށް ނިންމަވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *