ރާއްޖޭގެ ޚަބަރު

އެއްވެސް މައްސަލައެއް ދިމާނުވެ ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ފުރައިފި

އެއްވެސް މައްސަލައެއް ދިމާނުވެ ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ފުރައިފިއެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމަރާ އަށް ދާ 33 މީހުން މިއަދު ހެނދުނު ފުރާފައިވާ ކަމަށާއި އުމްރާ ވެރިންނަށް ، އުމްރާ އަށް ދިއުމުގައި އެއްވެސް ދައްޗެއް ދިމާނުވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދިްރީސް ވިދާޅުވީ އުމްރާ އަށޤ ފުރުމަށް ހަމަޖެހިފައިވާ ހުރިހާ ބޭފުޅުން އަންގާފައިވާ ދުވަހަށް ވިސާ ހަމަޖެއްސުމަށްފަހު އުމްރާ އަށޤ ފުރާފައިވާ ކަމަށެވެ. “ހައްޖު ކޯޕަރޭޝަން އިން ދަނީ ވިސާގެ ކަންތައް ކުރިޔާލާ ހަމަޖައްސާ، އުމްރާވެރިން ހަމަޖެހިފައިވާ ތާވަލްއަށް އަޅުކަންތައް ފުރިހަމަކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން،” ޔާމީން ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ތިން ހަރަމް އުމްރާ އަށް ދިޔަ މީހުން މިހާރު ވަނީ މައްކާ އަށް ގޮސްފައެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *