ރާއްޖޭގެ ޚަބަރު

މުފްތީ މެންކް ދެއްވި ތަޤްރީރުގެ ސީޑީ ނެރެނީ

ފޮޓޯ: ޖަމްއިއްޔަތުއް ރަހުމާ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް މެންކްމިދިޔަ ހުކުރު ދުވަހު ދެއްވި ތަޤްރީރުގެ ސީޑީ ނެރެން ނިންމައިފިއެވެ.

ޖަމްއިއްޔަތުއް ރަހުމާ އިން ތިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ އިލްމު ޓޯކްގައި މުފްތީ މެންކް މިއަހަރު ތަޤްރީރު ކުރައްވާފައިވަނީ “މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތަކުގެ މައްޗަށް” މި މައުޟޫއަށެވެ.

މި ތަޤްރީރުގެ ސީޑީއެއް ޖަމްއިއްޔަތުއް ރަހުމާ އިން ވަނީ މުފްތީ މެންކަށް އަރުވައިފައެވެ. ވަރަށް އަވަހަށް މި ތަޤްރީރުގެ ސީޑީ އާންމުންނަށް ލިބޭނެ ގޮތް ހަމަޖައްސާނެކަމަށް ޖަމްއިއްޔަތުއް ރަހުމާއިން ބުނެއެވެ.’

އެ ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އިލްމު ޓޯކް ސިލްސިލާގައި، މުފްތީ މެންކް ވަނީ މިދިޔަ އަހަރުވެސް ދަރުހެއް ދެއްވައިފައެވެ. މި ދަރުސް އަޑުއެހުމަށްވެސްއެތައް ހާސް ބަޔަކު ބައިވެރިވިއެވެ. އެފަހަރުގެ މައުލޫއަކީ  “މުސްލިމް އުއްމަތުގެ މުސްތަގްބަލަށްޓަކައި ޒުވާނުންގެ ދައުރު” އެވެ.

މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދަނީ މޯލްޑިވިއަން ޔޫތު ލީގް (މައިލް) އާއި އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑިއަން ޔޫނިއަން އަދި ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑިއަންޓް ޔޫނިއަން އާ ގުޅިގެންނެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *