ރާއްޖޭގެ ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ބޯޑަށް އަލްގާރީ އަލީ ވަހީދާއި އަބްދުﷲ ފާރޫގު ހަސަން އައްޔަން ކުރައްވައިފި

ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޙައްޖު ކޯޕަރޭޝަންގެ ބޯޑަށް އަލްގާރީ އަލީ ވަހީދާއި އަބްދުﷲ ފާރޫގު ހަސަން އައްޔަން ކުރައްވައިފިއެވެ.

މި ދެބޭފުޅުން ހައްޖު ކޯޕަރޭޝަނުގެ ބޯޑަށް އައްޔަނު ކުރައްވާފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ޖުމްލަ ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ހައްޖު ކޯޕަރޭޝަންގެ ބޯޑަށް މި ދެ ބޭފުޅުން އައްޔަން ކުރެއްވީ، މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ރިޒާ ވަކި ކުރެއްވުމަށްފަހުއެވެ. މީގެ އިތުރުން ބޯދުގައި ހިމެނިވަޑައިގެންނެވި އާދަމް އާތިފް ވަނީ އަމިއްލަ އަށް އިސްތިއުފާ ދެއްވާފައެވެ.

ހައްޖު ކޯޕަރޭޝަނަކީ މީހުން ހައްޖަށް ގެންގޮސް، އެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އްޖު ކޯޕަރޭޝަނުގައި މިހާރު ތިއްބަވަނީ، އަލަށް އައްޔަން ކުރި ދެ މެމްބަރުންގެ އިތުރުން ކުންފުނީގެ ޗެއާޕާސަން އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދާއި މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އާއި މެންބަރު ފަރުހާދު ދާއޫދެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *