މިއަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފިއެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތް ލިބޭ ކޮންމެ މީހަކަށް 900 ރުފިޔާ ބަހަން ނިންމާފައިވާ ކަމަށެވެ.
ފަޤީރުންގެ ގޮތުގައި ބެލެވޭނީ ދުވާލަކަށް 44 ރުފިޔާގެ އާމްދަނީއެއް ނުލިބޭ ފަރާތްތަކެވެ. މިއަހަރު މުދަލުޒަކާތުގެ ފައިސާ ހޯދުމަށް ފަގީރުންގެ ގޮތުގައި 12335 މީހުން ރަޖިސްޓްރީ ކޮށްފައިވާ އިރު އެއީ މާލެ ސަރަހައްދުން 2239 މީހުންނާއި އަތޮޅުތެރެއިން 9936 މީހުންނެވެ. ޖުމްލަ 11،101،500 ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރު ދޫކުރާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ބުނެއެވެ.
ޒަކާތް ބެހުން އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 24 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 16:00 އަށް ކަމަށާއި، މާލެ ސަރަހައްދުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފަގީރުންނަށް ފައިސާ ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ މުދަލު ޒަކާތް ހޯދުމަށް ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށްދިން މުއްދަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އިސްލާމިކް އެފެއާޒުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މީހުންގެ މައްޗަށް ލިސްޓެއް އެކުލަވާލައި، އެ ލިސްޓު ފައިނަލް ކުރުމުގެ ކުރިން ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އެ މިނިސްޓްރީން ހުޅުވާލިއެވެ.
މުދަލު ޒަކާތުގެ ގޮތުގައި ބަހަން ނިންމާފައިވަނީ ނީ ނިމުނު ހިޖުރީ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ.

















ޚިޔާލު