ރާއްޖޭގެ ޚަބަރު

ބްރޮޑްކޮމް އިން ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި ބައިވެރިވެއްޖެ

ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ “މުވައްޒަފުންގެ ސްކީމް” ގައި ބްރޮޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

މިއަދު ބްރޮޑްކޮމް ބޭއްވި ރަސްމިއްޔާތެއްގައި މި ސްކީމުގައި ބައިވެރވިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސެވެ. ބްރޮޑްކޮމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބްއެވެ..

މި ސްކީމަކީ ކޮންމެ އަހަރަކު މުވައްޒަފުންގެ މުސާރައިން ކަޑައެޅޭ ވަކި ވަރެއް އުނިކުރެވޭގޮތަށް ޙައްޖަށް ދިއުމަށް ފައިސާ ދެއްކޭނެ މަގު ތަނަވަސް ކޮށްދޭ ސްކީމެކެވެ. މި ސްކީމުގައި މިހާތަނަށް 36 މުވައްސަސާއަކުން ބައިވެރި ވެފައިވާއިރު، މި ސްކީމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ހިއްޞާ އޮންނަ ބައެއް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މި ސްކީމްގެ ދަށުން މުވައްޒަފުންގެ މުސާރައިން މުވައްޒަފުން ކަނޑައަޅާ އަދަދެއް ކޮންމެ މަހަކުވެސް ކަނޑާނެކަމަށާއި، އަދި ދައްކަން ޖެހޭ ފައިސާގެ 75 ޕަސެންޓް ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނީ ކޮން އަހަރެއްގައިކަން އަންގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެކަން ހަމަޖައްސަދޭނެކަމަށް ހައްޖު ކޯޕަރޭޝަން އިން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *