ރާއްޖޭގެ ޚަބަރު

އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

"އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން" މިނަމުގައި މާލޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވި މި މަސައްކަތު ބައްދަލުވުމަކީ އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މުޅިން އަލަށްފަށާ ބައްދަލުވުމެކެވެ. ކުރިއަށް އޮތް ތަނުގައި އަތޮޅުތަކަށް އަމާޒުކޮށްގެން މީގެ އިތުރު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ހަތަރު ދާއިރާއަކުން ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ. މިހަތަރު ދާއިރާއަކީ، ޤުރްއާން، ފިޤްހް، ޚުޠުބާ ކިއުމުގެ ހުނަރު އަދި މިސްކިތްތައް މެނޭޖްކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ.

މި މަސައްކަތު ބައްދަލުވުމަކީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ބައިވެރިންނާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *