މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް އާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ޑިފެންސް މިނިސްޓްރީގައެވެ. މިބައްދަލު ކުރެއްވުމުގައި ދީނީ ހައްދުފަހަނައަޅައި ދިއުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ދާއިރާއިން ދެވެންހުރި ހުރިހާ އެހީއެއް ދެއްވާނެކަމަށް ފިފްތީ މެންކް ވިދާޅުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވީ ޖމްއިއްޔަތުއް ރަހުމާ އިން އިންތިޒާމުކޮށްގެން ބާއްވާ އިލްމު ތޯކްގައި ތަޤްރީރު ކުރެއްވުމަށެވެ. މުފްތީ ވަނީ މި ޕްރޮގްރަމްގައި ރޭ ތަޤްރީރު ކުރައްވައިފައެވެ. މީގެ އިތުރުން އިއްޔެގެ ހުކުރުނަމާދު އިސްލާމީ މަރުކަޒުގައި ކޮށްދެއްވީވެސް މުފްތީ މެންކްއެވެ.

















ޚިޔާލު