ރާއްޖޭގެ ޚަބަރު

އެއްބައިވަންތަކަން ދެމެހެއްޓުމަށް ކެތްތެރިވާން ދަސްކުރަންޖެހޭ - ނައިބު ރައީސް

ސްލާމް ދީނުގައި، އެކި މީހުންގެ ތަފާތުތަކާއި އެކު ވެސް އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކެތްތެރިވާން ދަސްކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ދިވެރިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން އިންތިޒާމްކޮށްގެން ބާއްވަވާ ފުރަތަމަ އިންޓަރނޭޝަނަލް ކޮންފަރަންސް އޮން އިސްލާމިކް އެވޭކަނިންގ ޝަރަފުވެރިކޮށްދެއްވައި އެ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މީހެއްގެ ނަޞްލަކަށް، ޖިންސަކަށް، ޤައުމަކަށް ބެލުމެއް ނެތި އެންމެ ފުރަމަތަ އެންމެންނަކީ ވެސް އިންސާނުންކަމަށާއި، އެކަކު އަނެކަކާއި ދޭތެރޭގައި ވިސްނާލާ ނަމަ ދުނިޔެއަކީ އަމާން ތަނަކަށް ވެގެންދާނެކަމަށެވެ.

މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވުމުގެ ބާރަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ކަމަށާއި މުޅި އުންމަތުގެ މެދުގައި އެއްބައިވަންތަކަން އުފެދުމުގެ އަސްލަކީ މާތްﷲ އާއި ރަސޫލާއަށް އަދާކުރާ ކިޔަމަންތެރިކަން ކަމުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މުޅި އިސްލާމީ އުންމަތައް ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، އިސްލާމް ދީނަކީ ޞުލްޙައަށް ލޯބިކުރާ، ބައިބައިވުމާއި ގަދަ ބާރު ބޭނުންކޮށްގެން މައްސަލަތައް ޙައްލުކުރަން ބާރުއަޅާ ދީނެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމް ދީނަކީ އެހެން ދީންތަކަށް ވެސް ޖާގަ ދީގެން، އިޚްތިރާމްކޮށްގެން ކެތްތެރިކަމާއި އެކު އުޅެން ބާރުއަޅާ ދީނެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ އިސްލާމީ އުންމަތަކީ މުޅި ދުނިޔެއަށް ނަމޫނާ އުންމަތެއްކަމުގައި ވާން ޖެހޭނެކަމަށާއި، އެހެން މީހުންނަށް ވެސް ޖާގަ ދީގެން އުޅޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. .

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *