ރާއްޖޭގެ ޚަބަރު

މުފްތީ މެންކްގެ ދަރުސް މިމަހު 18 ގައި

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިޖްތިމާއި ގޮތުން ދުޅަހެޔޮ މުޖުތަމައެއް ގާއިމްކުުރުމަށް ޖަމްއިއްޔަތުއް ރަހުމާ އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އިލްމު ޓޯކް ގައި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ  މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) މިމަހުގެ 18 ގައި ދަރުސް ދެއްވާނެއެވެ.

މެންކްގެ ދަރުސްގައި އަލިއަޅުއްވާލައްވާނީ "މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތަކުގެ މައްޗަށް" މި މައުލޫއަށެވެ. މި ދަރުސް އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ. މި ދަރުސްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޖަމްއިއްޔަތުއް ރަހުމާ އިން އެދެއެވެ.

އެ ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އިލްމު ޓޯކް ސިލްސިލާގައި، މުފްތީ މެންކް ވަނީ މިދިޔަ އަހަރުވެސް ދަރުހެއް ދެއްވައިފައެވެ. މި ދަރުސް އަޑުއެހުމަށްވެސްއެތައް ހާސް ބަޔަކު ބައިވެރިވިއެވެ. އެފަހަރުގެ މައުލޫއަކީ  "މުސްލިމް އުއްމަތުގެ މުސްތަގްބަލަށްޓަކައި ޒުވާނުންގެ ދައުރު" އެވެ.

މުފްތީ މެންކްގެ ދަރުސް މިމަހުގެ 18 ގައި ބޭއްވުމަށް ނިންމާފައިވާއިރު އެދުވަހުގެ ހުކުރު ނަމާދު ފުރުޤާނު މިސްކިތުގައި ކޮށްދެއްވާނީ ވެސް މުފްތީ މެންކްއެވެ.

މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދަނީ މޯލްޑިވިއަން ޔޫތު ލީގް (މައިލް) އާއި އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑިއަން ޔޫނިއަން އަދި ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑިއަންޓް ޔޫނިއަން އާ ގުޅިގެންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *