ރާއްޖޭގެ ޚަބަރު

ސީއެމްޑީއޭ އިން ފަހަށް ރައްކާކުރުމާ ގުޅޭ ތަމްރީނު ތަކެއް ކުރިއަށް ގެންދަނީ

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، (ސީއެމްޑީއޭ) ގެ ޓްރެއިނިންގ އިންސްޓިޓިއުޓް އިން އިންތިޒާމުކޮށްގެން ކެޕިޓަލް މާކެޓް މެދުވެރިކޮށް ފަހަށް ރައްކާކުރުމާ އިންވެސްޓު ކުރުމާ ބެހޭ މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެ އޮތޯރިޓީ އިން ވަނީ ނޮވެމްބަރު 15 ވަނަ ދުވަހު، ހިއްސާ އަދި ބޮންޑުގައި އިންވެސްޓު ކުރުމަށް ކުރުމުގައި ސަމާލުކަން ދެންވީ ކަންތަކާ ބެހޭ މައުލޫމާތު ސެޝަނެއް ބޭއްވުމަށް ނިންމައިފައެވެ. މި ސެޝަން އޮންނާނީ އެދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށެވެ.

މި ސެޝަންގައި، ހިއްސާގެ ބަޔާން ބަލައި، އޭގައިވާ މައުލޫމާތު ދެނެގަނެ އިންވެސްޓު ކުރުމުގައި އެކުލެވޭ ރިސްކު ތައް ދެނެގަންނާނެ ގޮތާއި ސެކަންޑް މާކެޓް މެދުވެރިކޮށް ހިއްސާ ގަނެވިދާނެ ގޮތުގެ މައުލޫމާތު ދެވޭނެ ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ. މި ސެޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ސީއެމްޑީއޭ ގުޅިގެންނެވެ.

2

މި ސެޝަން ކުރިއަށް ދާއިރު، މޯލްޑިވްސް ސެކިއުރިޓީ ޑެޕޮސިޓަރީގައި އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތުވެސް މިހާރު  ވަނީ ހުޅުވަލައިފައެވެ. މިގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު ސީއެމްޑީއޭގެ އީމެއިލް އެޑްރެސް،  ފޮނުވުމަށް އެފަރާތުން އެދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *