ރާއްޖޭގެ ޚަބަރު

ނަމާދު ކުރަން ދަސްކޮށްދޭ ވަރކްޝޮޕެއް ޖަމިއްޔަތުލް ބަޔާން އިން ބާއްވަނީ

އައްޝައިޚް މުޙައްމަދު އިބްރާހިމް

ނަމާދު ކުރަން ދަސްކޮށްދޭ ވަރކްޝޮޕެއް ޖަމިއްޔަތުލް ބަޔާން އިން ބާއްވަން ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ޖަމިއްޔަތުލް ބަޔާން އިން ދިއިސްލާމްއަށް މައުލޫމާތު ދެއްވި ގޮތުގައި މިވަރކްޝޮޕު އޮންނާނީ މިމަހު 23 އިން 28 އަށް ކަމަށާއި ވަރކްޝޮޕްގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު އިބްރާހިމް ކަމަށެވެ.

އެޖަމިއްޔާއިން ހާމަކުރާ ގޮތުގައި މިވަރކްޝޮޕަކީ ބޮޑެތި މީހުންނަށް ކުރިއަށްގެންދާ ވާރކްޝޮޕެއް ކަމަށައި ކުރިއަށް ގެންދަނީ ދެޖިންސު ވަކިން ކަމަށެވެ.

މިވަރކްޝޮޕްގެ ފީއަކީ 350 ރުފިޔާއެވެ. ބައިވެރިވުމަށް ގުޅުއްވާނީ ބަޔާންގެ ހޮޓްމެއިލް ނަންބަރު 9955604 އައިކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. މި އުޅެނީ ނަމާދު ކުރަން ނޭނގިގެން ތަ؟ ޚިއްތަވާނީ ޖިހާދު ކުރުމާ ބެހޭ ވޯކުސޮޕެއް ބޭއްވިއްޔާ؟ ފިނޑި ކަމުން ޖިހާދުގެ ނަން ގަނެލަންވެސް އަހަރެމެން ގެ އިލްމު ވެރިންނަކަށް ނުކެރޭ

  2. މިއަދު ކޮންމެ މީހަކުވެސް މިބޭނުން ވަނީ ތިމާގެ ފިކުރު ތިމާ ޤަބޫލު ކުރާގޮތް އަނެކާޔަށް ފޯރުކޮށްދޭން އަނެކާޔަށް ހުށަހަޅަން، އަނެކާލައްވައި ތިމާގެ ފިކުރު ތިމާގެ ވިސްނުން ޤަބޫލު ކުރުވަން، މިކަން ކުރެވޭނީ ތިމާގައި އަނެކާ ބަލައި ގަންނަ ސިފަތަކެއް ހުރެ އަނެކާޔަށް ވިސްނޭ ގޮތަކަށް ހުށަހެޅިގެން، އަނެކާޔަށް ނުވިސްނޭ ގޮތަށް ތިމާޔަށް ވިސްނިފަހުރި ގޮތަށް އަނެކާޔަށް ވިސްނަ ދިނުމަކީ

Your email address will not be published. Required fields are marked *