ރާއްޖޭގެ ޚަބަރު އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރަން މީރާއިން އަންގައިފި

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރަން މީރާއިން އަންގައިފި

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރަން މީރާއިން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޯޝަލްމީޑިއާ އާއި ވެބްސައިޓުތައް މެދުވެރިކޮށް އޮންލައިން ވިޔަފާރި ކުރާ ފަރާތްތައް މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކުރަން އަންގައި އިޢުލާންކޮށްފިއެވެ.

މިދިޔަ ހަފްތާގައި މީރާއިން ޢާންމުކުރި އިއުލާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުންނާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީ ނުކޮށް ވެބްސައިޓްތަކާއި ފޭސްބުކް އަދި މިނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމިއްލަ ވިޔަފާރިވެރިންނާއި ކުންފުނިތަކުން ވިޔަފާރު ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޕާރޓްނާޝިޕްތަކާއި ކުންފުނިތަކުގެ އިތުރުން ވިޔަފާރި އާމްދަނީއެއްގެ ގޮތުގައި އެއް އަހަރުތެރޭ އެވްރެޖްކޮށް މަހަކު 20000 ރުފިޔާްއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ އަމިއްލަ ފަރުދުންނާއި ވިޔަފާރީގެ އާމްދަނީގެ ގޮތުގައި އަހަރަކު އެވްރެޖްކޮށް އެއް މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ނުވަތަ ލިބޭކަމަށް ލަފާކުރެވޭ ފަރާތްތަކާއި އެފަރާތުގެ ނަމުގައި އިމްޕޯރޓް ކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރުމަކީ ގާނުނީ ކުށެއްކަމުގައި އެ އިޢުލާނުގައި ވެއެވެ.

މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު  ހުޅުވާލާފައިވާއިރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްވިޔަފާރު ކުރާނަމަ، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެ އިޢުލާނުގައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.