އުތުރުގެ 3 އަތޮޅުގެ 5 ރަށެއްގައި ދީނީ ދަރުސްތަކެއް ދިނުމަށްޓަކައި މިއަދު ފުރާ މި ޓީމުގައި ބައިވެރިވެވަޑައިގަންނަވާ ޝައިޚަކީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ.
މިދަރުސްތައް ދިނުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ހއ.އުތީމު، ހދ.ނައިވާދޫ، ށ.ފޯކައިދޫ، ށ.މަރޮށި، ށ.ޅައިމަގު އަދި ށ.ފުނަދޫ ކަމުގައި ޖަމިއްޔަތުއް ސަލަފްގެ ވެބްސައިޓްގައި ވެއެވެ. އަދި މިދަތުރުގައި ދަރުސް ދިނުމުގެ އިތުރުން ރަށްރަށުގެ ބައެއް ދީނީ އަދި އިޖްތިމާޢީ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އެއްކުރުމާއި އަދި މުސްތަޤްބަލުގައި ޖަމްޢިއްޔަތުއްސަލަފުން ހިންގާނެ ގިނަ މަޝްރޫޢުތަކާއި ގުޅޭގޮތުން އެ ޖަމްޢިއްޔާތަކާއި ވާހަކަތައް ހިއްސާ ކުރުން ހިމެނޭކަންވެސް ފާހަގަކޮށްފައި ވެއެވެ.
މިދަތުރުގައި ޝައިޚް ސަމީރު ދެއްވާ ހުރިހާ ދަރުސްތަކެއް ރޭޑިއޯ ސަލަފް (www.radiosalaf.com) އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

















ޚިޔާލު