ރާއްޖޭގެ ޚަބަރު ޖެނުއަރީ 3 އަދި 4 ގައި ވަރަށް ޚާއްޞަ ދެ ފޯރަމެއް އިސްލާމިކް އެފެއާޒުން ބާއްވަނީ

ޖެނުއަރީ 3 އަދި 4 ގައި ވަރަށް ޚާއްޞަ ދެ ފޯރަމެއް އިސްލާމިކް އެފެއާޒުން ބާއްވަނީ

ޖެނުއަރީ 3 އަދި 4 ގައި ވަރަށް ޚާއްޞަ ދެ ފޯރަމެއް އިސްލާމިކް އެފެއާޒުން ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ ވަރަށް ޚާއްޞަ ދެ ފޯރަމެއް ޖެނުއަރީ މަހު 3 އަދި 4 ގައި އިސްލާމީ މަރުގެ ޖަސްލްސާކުރާ މާލަމުގައި އޮންނާނެއެވެ.

3 ޖެނުއަރީ 2015 ވާ ހޮނިހިރު ދުވަހުގެ ރޭ 8:45 ގައި ފެށުމަށް ހަމަޖައްސާފައިވާ ދަރުސްގެ މަޢުލޫ އަކީ "ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތުން ލިބޭ ޢިބުރަތްތައް" މި މަޢުލޫއަށް ފޯރަމްގައި ވާހަކަފުޅުދައްކަވާނީ ރާބިޠަތުލް ޢާލަމިލް އިސްލާމީގެ އަމީންޢާއްމުގެ އެހީތެރިޔާ، ޑރ.ޢާދިލް ބިން ޢަލީ އައްޝަދީ އެވެ.

އަދި 4 ޖެނުއަރީ 2015 ވާ އާދިއްތަ ދުވަހުގެ ރޭ 8:45 ގައި ފެށުމަށް ހަމަޖައްސާފައިވާ ދަރުސްގެ މަޢުލޫ އަކީ "ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ރަޙްމަތުގެ ރަސޫލާ" މި މަޢުލޫއަށް ފޯރަމްގައި ވާހަކަފުޅުދައްކަވާނީ "އައްޝައިޚް އިބްރާހީމް ޢަޙްމަދެވެ.

މި ދެ ފޯރަމްއަކީވެސް ޢާންމުންނަށް ހުޅުވާލެވިފައިވާ ދެ ފޯރަމެވެ. މިފަދަ ފޯރަމްތަކަށް ވީހާވެސް ގިނަ ފަރާތްތަކުން ދިޔުމަކީ އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑަށް އެދިލައްވާކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.