ރާއްޖޭގެ ޚަބަރުއަރަބިދުނިޔެދުނިޔެ

އިޒުރޭލުން ފަލަސްޠީނުގެ ކުޑަކުއްޖެއްގެ މޫނަށް ބަޑިޖަހައިފި

ޒަޚަމްވި ފަސް އަހަރުގެ ކުއްޖާ

އުމުރުން އެންމެ 5 އަހަރުގެ މުޙައްމަދު ޝިމާލް ޢުބައިދުގެ މޫނަށް ބަޑިޖަހައިފައިވަނީ ޕްލާސްޓިކް ވަޒަން ބޭނުންކޮށްގެންނެވެ. އެ ކުއްޖާގެ ޢާއިލާއިން ހާމަކޮށްފައިވާ ގޮތުން، އޭނާއަށް ހަމަލާ ދީފައިވަނީ ސްކޫލް އިން ގެއަށް އައި މަގުމަތީގައެވެ. މި ހަމަލާ އަރާފައިވަނީ އެކުއްޖާގެ ކަނާއަތު ލޮލާ ދިމާ ތިރިއަށެވެ. އެކަމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ސީރިއަސް ޒަޚަމްތަކަށް މިހާރު ހޮސްޕިޓަލްގައި ދަނީ ފަރުވާދެވެމުންވެ.

މިހަމަލާ ދިން މަންޒަރު އޭނާގެ 14 އަހަރުގެ އަންހެން ދައްތައަށް ފެނިފައިވާއިރު، މިއަދު މި ޖަރީމާ ހިންގާފައިވަނީ އިޒުރޭލު ސިފައިންނާއި ޒުވާނުންތަކަކާއި ދެމެދު ހިނގައިދިޔަ ކުރިމަތިލުން ތަކެއްގައެއެވެ. އަނެއްކާވެސް އަނިޔާވެރި ޔަހޫދީންގެ ސީދާ ހަމަލާތައް އަންނަނީ ފަލަސްޠީނުގައި ވަރަށް ބޮޑަށް އިތުރުވަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *