ދުނިޔެ ހައިވޭއެއްގައި ޑޮލަރުތައް އުދުހެނީ!

ހައިވޭއެއްގައި ޑޮލަރުތައް އުދުހެނީ!

ހައިވޭއެއްގައި ޑޮލަރުތައް އުދުހެނީ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދެމިލިއަނަށްވުރެ ގިނަ ޑޮލަރު އަޅާފައިވާ ފޮށިތަކެއް އަރުވައިގެން ހޮންގް ކޮންގެ ހައިވޭއެއްގައި ދަތުރުކުރަމުންދިޔަ ވޭނެއްގެ ދޮރުހުޅުވިފައި ހުރުމުގެ ސަބަބުން އޭގެތެރޭގައިހުރި ފޮށިތަކުން ޑޮލަރުތައް ވަޔާއެކު މަގުމައްޗަށް އެޅެމުން ދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތަކެއް ޢާންމުވެއްޖެއެވެ.

ދުއްވަމުންދިޔަ އެހެން ވެހިކަލްތަކަށް މި މަންޒަރު ފެނުމުން އެ ޑޮލަރުތައް އަތުން ހިފުމަށް ބައެއް މީހުން މަސައްކަތްކުރިއިރު އަނެއް ބަޔަކު ވެހިކަލުން ފައިބައިގެން އެ ޑޮލަރުތައް ހޮވުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ޑޮލަރުތައް އުފުލި ވެހިކަލް އޭގެ މަންޒިލަށް ދެވުނު އިރު އޭގެ ދޮރުހުޅުވިފައި ހުރުމުގެ ސަބަބުން 1.96 މިލިއަން ޑޮލަރު އޭގެން ވަޔަށް ބުރައިގެން ގޮސް ގެއްލިފައި ވުމުން އެފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހޮންގްކޮންގެ ފުލުހުން ބުނެފައިވަނީ އެއްވެސް ފަރާތަކުން އެ ވެހިކަލުން ގެއްލިފައިވާ ނޫޓެއް ފެނިއްޖެ ނަމަ ފުލުހުންނަށް ހަވާލުކުރުމަށެވެ. އެހެންނޫންނަމަ ގެއްލިފައިވާ ޑޮލަރެއްގެ ސީރިއަލް ނަންބަރު ހިމެނޭ ޑޮލަރެއްގެ މުޢާމަލާތެއް ކުރިކަން ސާބިތުވެއްްޖެނަމަ އެމީހަކު ވައްކަންކުރި ކަމުގައި ބެލެވޭނެކަމުގައެވެ.

އެޤައުމުގެ މީޑިއާތަކުގައި ޤާނޫނީ ފަރާތްތަކުންވެސް ފާހަގަ ކުރާގޮތުން ވަގަށް ނަގާފައިވާ ފައިސާއެއްގެ މައްސަލަ ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް 10 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.