ރާއްޖޭގެ ޚަބަރު

ޑރ. ބިލާލްގެ ޚާއްޞަ ބައްދަލުވުމެއް މިއަދު ހަވީރު

ޑރ. ބިލާލް ފިލިޕްސް އައްޑޫއަަށް ކުރެއްވި ދަތުރުފުޅުގައި ޝައިޚް އަނީލްއާއެކު - ފޮޓޯ : އައްޑޫއޮންލައިން

"ދަ ކޯލް 2014" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން ބާއްވަމުންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ކެނެޑާގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ޚާއްޞަ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖައްސައފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފައިވާ ގޮތުގައި

"Introduction to Islamic Online University" [އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ތަޢާރަފެއް]

މި މައުޟޫއަށް ޑރ. ބިލާލް ދެއްވާ ޕްރެޒެންޓޭޝަނެއްގެ އިތުރުން ސުވާލާއި ޖަވާބު ސެޝަނެއް މި ބައްދަލުވުމުގައި އޮންނާނެއެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު ހަވީރު 16:00 ގައި ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައެވެ.

މި ބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *