ތަރުޖަމާ: ހުސެއިން ސާލިމް
ޝައިޚް ފަތްހުލް މޯސިލީ ކިޔައިދިނެވެ.” ޖަންގަލީ ތެރެއިން ކުޑަ ކުއްޖަކު އެކަނި މާ އެކަނި ހިނގާފައި ދާތީ އަހަރެން އެއްދުވަހަކު ދުށީމެވެ. އޭރުވެސް އެ ކުޑަ ކުއްޖާގެ ތުން ތަޅުވަމުން ދިޔައެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ކިޔާހެންނެވެ. އެ ކުއްޖާ ފެނުމާއެކު އަހަރެން އޭނާއަށް ސަލާމް ގޮވާލީމެވެ. އަދި، އެ ކުޑަ ކުއްޖާ ދަނީ ކޮންތާކަށް ތޯ އަހަރެން ސުވާލު ކުރުމުން، އޭނާ ދަނީ “މާތް ﷲގެ ގެއަށް” ކަމުގައި، އެ ކުޑަ ކުއްޖާ ޖަވާބު ދިނެވެ. އަނެއްކާވެސް އަހަރެން ސުވާލު ކުރީމެވެ. ތިބާ ތިޔަ ކިޔަނީ ކޯޗެއްހެއްޔެވެ. “ޤުރުއާނެވެ” ޖަވާބުގައި އެ ކުޑަ ކުއްޖާ ބުންޏެވެ.
“ތިބާއަކީ އަދި ކުޑަ ކުއްޖެއްނު. އަދި ހައްޖުވުން ތިބާގެ މަށްޗަށް ވާޖިބުވެސް ނުވާނެ” ޝެއިޚް އެ ކުއްޖާއަށް ނިސްބަތްކޮށް ބުންޏެވެ. އެހިންދު އެ ކުޑަ ކުއްޖާގެ ޖަވާބުގައި ބުންޏެވެ.” އަހަންނަށްވުރެއް ކުޑަ ކުދިންނާވެސް މަރު ބައްދަލު ކުރާތީ އަހުރެން ދެކެފީމެވެ. އަހަރުން މަރާ ބައްދަލުވުމުގެ ކުރިން އެޔަށް ތައްޔާރުވަން އަހުރެން އެދެމެވެ.”
ޝޭޚް އެ ކުޑަ ކުއްޖާއާ ކުރަމުން ދިޔަ ސުވާލުތައް ކުރިޔަށް ގެންދެވިއެވެ.
” ތިބާގެ ފިޔަވަޅު ކުޑަވެފައި ދާންވީ މަންޒިލްގެ ރާސްތާ ވަރަށް ދުރެވެ”.” އަހަރުންގެ ޒިންމާއަކީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނެގުމެވެ. މަންޒިލާ ހަމައަށް ތިމަންނާ ފޯރުކޮށްދިނުމަކީ މާތް ﷲގެ ޒިންމާއެކެވެ” ކުޑަ ކުއްޖާ ޖަވާބު ދިނެވެ. ޚައިރާންވެ ހުރެ ޝޭޚް އަނެއް ސުވާލު ކުރިއެވެ.” ތިބާގެ ކާނާޔާއި، ދަތުރުކުރާ ސަވާރީ ކޮބާ؟”. ޖަވާބުގައި އެ ކުޑަ ކުއްޖާ ބުންޏެވެ.” އަހަރުންގެ ކާނާއަކީ، ﷲއާމެދު އަހަރެންގެ ހިތުގައި ވާ ޔަޤީންކަމެވެ. އަހަރެންގެ ސަވާރިއަކީ އަހަރެންގެ މި ދެފައެވެ. ” އަހުރެން މި އެހީ، ތިބާ ބޯ ފެނާއި، ކާ ތަކެތީގެ ވާހަކަ” ޖަވާބާ މެދު ހިންހަމަ ނުޖެހިގެން ޝޭޚް ސުވާލު ތިލަކޮށްލުމަށްފަހު ދެވަނަ ފަހަރަށް ކުރިއެވެ.
އެހެން ނަމަވެސް އެ ކުޑަ ކުއްޖާގެ ޖަވާބުން ޝޭޚަށް ގެނުވީ އިތުރު ހައިރާން ކަމެކެވެ. އެ ކުޑަ ކުއްޖާ ބުންޏެވެ. ” ޝޭހެވެ. މީހަކު އޭނާގެ ގެޔަށް ދިޔުމަށް ޝޭހަށް ދައުވަތު އަރުވައިފިނަމަ، ޝޭޚް ކާތަކެތި ހިފައިގެން އެގެޔަށް ދިޔުމަކީ ރަނގަޅު ކަމެއްތޯއެވެ؟ ހަމަ އެގޮތަށް މީސްތަކުންގެ ވެރި ރައްބު، ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ އެކަލާންގެ އަޅުތަކުން އެކަލާންގެ ގޮކޮޅަށް ދިޔުމަށް ދައުވަތު ދީފައެވެ. ނަމަވެސް އަހަރުމެން އެތަނަށް ދާއިރު ކާނެ ކާނާޔާއި އެހެނިހެން ތަކެތި ގެންދަނީ އަހަރުމެންގެ ހިތުގައި ﷲ އާ މެދު އޮންނަ ޔަޤީންކަން ކުޑަވުމުންނެވެ.” ޖަވާބު ނިމުމާއެކު ކުޑަ ކުއްޖާ އޭނަގެ މަންޒިލަށް ދިޔުމަށްޓަކައި އަނެއްކާވެސް ދަތުރު ފެށިއެވެ.
ޝޭޚްގެ ވާހަކަ ނިންމާލަމުން ކިޔައިދިނެވެ.” އޭގެ ދުވަސްގަނޑެއް ފަހުން ތިމަން، އެކުޑަ ކުއްޖާ މައްކާގެ ހަރަމްފުޅުން ދުށީމެވެ. އަދި އެދުވަހު އެ ކުޑަ ކުއްޖާއަށް ތިމަން ފެނިގެން އައިސް މިފަދައިން ސުވާލުކުރިއެވެ. “އޭ ޝޭހެވެ. އަދިވެސް ތިބާގެ ޔަޤީންކަން ހުރީ އެހާ ބަލިކަށިކޮށްތޯއެވެ؟”

















ޚިޔާލު