މަސްތުވެ ސަޖިދައަށް ގޮސް އޮތް ޒުވާނެއް މާލޭ މިސްކިތަކުން ހައްޔަރުކޮށްފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވެ ސަޖިދައަށް ގޮސް ނުތެދުވެ އޮތް ޒުވާނެއް މިއަދު އަސްރު ނަމާދަށްފަހު ޖަލާލުއްދީން މިސްކިތުން ހައްޔަރުކޮށްފައިވާކަމަށާއި އެކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
މަންޒަރު ދުށް ދިއިސްލާމްގެ ނުސްވެރިއަކު ހާމަކުރި ގޮތުގައި "މަސްތުވާ ހާލުގައި ހުރި ޒުވާނެއް ޖަލާލުއްދީން މިސްކިތަށް ނަމާދަށް އަރާ ނަމާދު ކުރަމުން ގޮސް ސަޖިދަ ޖެހުމަށްފަހު އެގޮތަށް ނަމާދު ނިމުނު އިރުވެސް އޮތް"ކަމަށާއި "އެހާލުގައި ނަމާދު ޖަމާއަތް ނިމުމުނުތާ 20 މިނިޓް ވީއިރުވެސް އޮތް. ނަމާދުކޮށް ނިމިގެން މިސްކިތުގައި ތިބި ބަޔަކު ފުލުހުންނަށް ގުޅުމުން ފުލުހުން އައިސް ސަޖިދާގައި އޮއްވާ ގެންދިޔައީ."ކަމަށެވެ.
"ޒުވާނާ ހުރީ ދެފަރާތަށް ޖެހިޖެހި ތެދުވެގެން ދިޔައިރު. ބިޑި އަޅުވައިގެން ފުލުހުން އެޒުވާނާ ގެންދިޔައީ." ކަމަށް މަންޒަރު ދުށް ދިއިސްލާމްގެ ނޫސްވެރިޔާ ހާމަކުރިއެވެ.
ޖަލާލުއްދީން މިސްކިތަށް އާންމުކޮށް ނަމާދަށް ދާ ޒުވާނަކު ހާމަކުރި ގޮތުގައި އޭނައަކީ އެމިސްކިތަށް އެހާލުގައި އާންމުކޮށް އަންނަ ޒުވާނެއްކަމަށާއި އަސްރު ނަމާދުގެ ކުރިންވެސް މިސްކިތުގައި މޮޔަ ގޮވާ ހެދިކަމަށެވެ.
ޚިޔާލު