ރާއްޖޭގެ ޚަބަރުއެމެރިކާދުނިޔެ

މަޝްހޫރު ޕްރޮފެސާރ ޑޭވިޑު ރޯއި ވޯލްކޭ އިސްލާމްވެއްޖެ

ލިޓްރޭޗަރއާއި އިނގިރޭސި ބަހުގެ ރޮނގުން ސްޕެޝަލައިޒުޑް ވެވަޑައިގެންފައިވާ ކެނަޑާގެ މަޝްހޫރު ޕްރޮފެސާރ ޑެވިޑު ރޯއި ވޯލްކޭ އިސްލާމް ވެއްޖެއެވެ.

ކުރިން ކުރިސްޓިއަނެއްގެ ގޮތުގައި ހުންނެވި ޕްރޮފެސާރރޯއި ވޯލްކޭ އިސްލާމްވެވަޑައިގެންނެވީ އިއްޔެ ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ ވޯލްޑު އެސަމްބުލީ އޮފް މުސްލިމު ޔޫތު (ވަމީ)ގެ މަރުކަޒުގައެވެ.

އިސްލާމު ވުމަށްފަހު ޕްރޮފެސާރ ރޯއި ވޯލްކޭގެ ނަމެއްގެ ގޮތުގައި ކިޔާފައިވަނި ދާއޫދެވެ.

އިސްލާމް ވެވަޑައިގަތުމަށްފަހު ޕްރޮފެސާރރޯއީ ވޯލްކޭ ވިދާޅުވީ އޭނާ އިސްލާމް ދީނާމެދު ވިސްނަމުންދާތާ ދުވަސްތަކެއް ވެއްޖެކަމަށާއި، އޭނާ އިސްލާމުވީ އިސްލާމް ދީނާއިމެދު އުފެދިފައިވާ ސުވާލުތައް އޮޅުންފިލުމުން ކަމަށެވެ.

އިސްލާމ ދީނާމެދު ހުޅނގުގެ މީޑިއާތަކުން ސިފަކުރަނީ ކިހާ ނުބައިކޮށްކަން މިއަދު އަޅުގަނޑަށް ވިސްނިއްޖެ. އެމީހުން (ހުޅަނގުގެ މީޑިއާ) ބުނަނީ އިސްލާމް ދީނަކީ ލޭއޮހޮރުވުމާ ޓެރަރިޒަމްއަށް ވާގިވެރިވާ ދީނެއްކަމަށް. އެކަމަކު އަޅުގަނޑު ބުނާނީ އިސްލާމް ދީނަކީ ޞްލްހައިގެދީން ސިލުމް ފެތުރުމަށް ގޮވާލާދީން. ޚާއްޞަކޮށް އިސްލާމް ދީނުގައި އަޚްވަންތަކަމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭކަން އަޅުގަނޑަށް ފާހަގަ ކުރެވުނު" ޑޭވިޑު ރޯއީ ވޯލްކޭ ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ އޭނާ އިސްލާމް ވުމަށް ދިރާސާ ކުރަމުން ދިޔައިރު އޭނާގެ ކުރީގެ ދީން ކުރިސްޓިޔަނިޓީއާއި އިސްލާމް ދީނާ އަޅައިކިޔައި ދިރާސާކުރިކަމަށާއި ކުރިސްޓިއަން ދީނަށްވުރެ އިސްލާމް ދީނުގައި ގެނެސްދީފައިވާ ކަންކަން މާފުރިހަމަކަމަށް ވިދާޅުވިއެވެ.

ޕްރޮފެސާރ ޑޭވިޑު ރޯއީ ވޯލްކޭއަށް ޝަހާދަތްލައިދެއްވީ ވަމީގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ދައުވާ ޢަބްދުލް އަލްޖާން އިލްހްއެވެ.

ޕްރޮފެސާރ ޑޭވިޑު ރޯއީ ވޯލްކޭއަކީ ކިންގު ސުއޫދު ޔުނިވަސިޓީގެ ލިޓުރޭޗަރއާއި އިނގިރޭސި ބަހުގެ ކޮންސަލްޓަންޓެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *