ރާއްޖޭގެ ޚަބަރު

ގުޅިގެން މަސައްކަތް ކުރުމަށް އޭޕީއިން ޕީޕީއެމްއަށް ހުށަހަޅައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްއާއި އެކު ގުޅިގެން އިންތިހާބުގައި ވާދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަން އަދާލަތު ޕާރޓިއިން އެދިއްޖެ އެވެ.އަދާލަތު ޕާޓީގެ ތަރުޖަމާނު ޝައިޚް އަލީ ޒާހިރު އާ ހަވާލާދީ ވީނިއުސްއިން ބުނީ، އަދާލަތު ޕާޓީންވެސް ބޭނުންވަނީ ސަރުކާރު ހިންގާ ކޯލިޝަނާއި އެކު ގުޅިގެން އިންތިޚާބުތަކުގައި ވާދަކުރަން ކަމަށާއި އެގޮތުން ޕީޕީއެމްއާއެކު މަޝްވަރާ ކުރުމަށް އިއްޔެ އެދިފައިވާނެކަމަށެވެ. އަދި މިއީ އެޕާޓީއާއި އެކު މަޝްވަރާ ކުރުމަށް އެދުނު ދެވަނަ ފަހަރު ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަންނަ ހަފްތާގައި ދެ ޕާޓީއަށްވެސް މަޝްވަރާއާއި ހަމައަށް ދެވޭނެކަމަށް އުންމީދު ކުރާކަމަށާއި، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައިވެސް އަދާލަތު ޕާޓީ ވާދަ ނުކުރާ ދާއިރާތަކުގައި އެ ޕާޓީން ތާއީދު ކުރާނީ ސަރުކާރު ކޯލިޝަނުން ނުކުންނަ ކެންޑިޑޭޓުންނަށް ކަމަށެވެ.

އަދި އަލީ ޒާހިރު ވިދާޅުވީ، މިފަހަރު އިންތިހާބުގައި އެކުގައި ނުނުކުމެވުނު ސަބަބެއް ނޭނގޭކަމަށާއި، މި އިންތިހާބުގައިވެސް އެކުގައި ނުކުތުމަށް މަސައްކަތް ކޮށްފައިވާނެކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *