ރާއްޖޭގެ ޚަބަރު އިރާގު ސަފީރު ރައީސް ޔާމިން އާ ބައްދަލު ކުރައްވައިފި

އިރާގު ސަފީރު ރައީސް ޔާމިން އާ ބައްދަލު ކުރައްވައިފި

އިރާގު ސަފީރު ރައީސް ޔާމިން އާ ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢިރާޤު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ކަހްތާން ޠާޙާ ޚަލާފް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިރާޤާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށާއި ވަކިން ޚާއްޞަކޮށް، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ތެލުގެ ވިޔަފާރީގެ ދާއިރާގައި، ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އިރާޤާއި ރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން އުފެދުނުތާ މިއަހަރު 43 އަހަރު ފުރޭކަން ފާހަގަކުރައްވަމުން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް އަޚުވަންތަކަމުގެ ގުޅުމެއްކަން ބަޔާންކުރެއްވިއެވެ. އަދި ރާއްޖެއާއި ޢަރަބި ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމަކީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ޢިރާޤު ސަފީރުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސްއަށް ތަހުނިޔާ ވިދާޅުވެ އަދި، މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީނާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.