ޖަމްޢިއްޔަތުއްސަލަފް އިން 2014 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭ ޖަލްސާ މިރޭ އޮންނާނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
ޖަމްޢިއްޔަތުއްސަލަފް އިން ބުނީ މިރޭ 8.30 ގައި ސޯޝަލް ސެންޓަރ ސެމިނާރ ރޫމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި އެޖަމިއްޔާއިން މިއަހަރު ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއިގުޅޭގޮތުން މައުލޫމާތު ދިނުމާއި މި ޕްރޮގްރާމުތަކާއި ގުޅޭ ގޮތުން އެހެނިހެން ޖަމްޢިއްޔާތަކާއި ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި މި ޖަލްސާ ބޮޑަށް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ކަމަށާއި މިރޭގެ ޖަލްސާއަށް ވީހާވެސް ގިނަ ޒުވާނުން ވަޑައިގެން ދެއްވުން އެދޭކަމަށެވެ.
ސަލަފުން އިތުރަށް ބުނީ މިރޭގެ ޖަލްސާގައި އެ ޖަލްސާގެ ޕްރޮގްރާމުތަކާއި ގުޅޭގޮތުން ޚިޔާލު ދެއްވަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާނެކަމަށެވެ.
ޚިޔާލު