ރާއްޖޭގެ ޚަބަރު އާ އަހަރު ފެށުނު ރޭ މާލެ ސިޓީއިން 28 މީހަކު ހައްޔަރުކުރި: ފޮލިސް

އާ އަހަރު ފެށުނު ރޭ މާލެ ސިޓީއިން 28 މީހަކު ހައްޔަރުކުރި: ފޮލިސް

އާ އަހަރު ފެށުނު ރޭ މާލެ ސިޓީއިން 28 މީހަކު ހައްޔަރުކުރި: ފޮލިސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާ އަހަރު ފެށުނު ރޭ މާލެ ސިޓި އިން މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކުގައި 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އޮންލައިން ނޫސް ހަވީރުން ޚަބަރު ފަތުރާގޮތުގައި، އާ އަހަރު ފާހަގަކުރުމަށް މާލޭ އެކި ސަރަހައްދުތަކުގައި ބޭއްވި ޑީޖޭތަކުގަ އާއި މަގުމަތީގައި ވެސް ކޯކް ފުޅި ފަދަ ތަކެއްޗަށް އަޅައިގެން ބަނގުރާ ބޭނުންކުރި މަންޒަރު ފެނިފައިވާ ކަމަށް ބައެއް މީހުން ކިޔައިދީފައިވާ ކަމަށެވެ. އަދި ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އެރުން ފާހަގަކުރަން އާ އަހަރު ފެށުމާ ދިމާކޮށް އެ ރޭ ޓޫރޒަމް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޝޯ އާއި ރާޅުގަނޑު ސަރަހައްދާއި މާފަންނުކޮޅުގައި ބޭއްވި ޑީޖޭތަކުގައި ބައިވެރިވި އެކި ގްރޫޕްތަކުން ބަނގުރާ ގެންގުޅުނު މަންޒަރު ފެނިފައިވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.