ރާއްޖޭގެ ޚަބަރު މަޖިލިސް އިންތިޚާބުގައި އޭޕީގެ ޓިކެޓު ހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަޖިލިސް އިންތިޚާބުގައި އޭޕީގެ ޓިކެޓު ހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަޖިލިސް އިންތިޚާބުގައި އޭޕީގެ ޓިކެޓު ހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަދާލަތު ޕާޓީގެ ޓިކެޓުގައި، 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޢަދާލަތު ޕާރޓީއިން ބުނީ، އެޕާޓީގެ ޓިކެޓް ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 07 ޖެނުއަރީ 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން  ޕާޓީގެ އޮފީހަށް ހުށައަޅަންޖެހޭނެކަމަށެވެ. އަދި ޢަދާލަތު ޕާޓީގެ ޓިކެޓު ހޯދުމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ޓިކެޓު ދޭނެ ފަރާތްތައް ކަނޑައަޅާނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަށްވެސް އެޕާރޓީއިން މަޢުލޫމާތުދެއެވެ.

ޢަދާލަތު ޕާޓީގެ ޓިކެޓު ދިނުމުގައި، ޓިކެޓު ހޯދުމަށްއެދި ހުށައަޅާފަރާތުގެ ތަޢުލީމީ ފެންވަރާއި، ކުރިމަތިލާ އިންތިޚާބީ ދާއިރާއަށާއި ޤައުމަށް ކޮށްދީފައިވާ ޚިދުމަތަށާއި، ޢަދާލަތު ޕާޓީއަށް ކޮށްދީފައިވާ ޚިދުމަތަށާއި، ޢަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ހޭދަވެފައިވާ މުއްދަތުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވޭތޯ ބަލާނެ ކަމަށް އެޕާރޓިއިން މަޢުލޫމާތުދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.