ރާއްޖޭގެ ޚަބަރު ރަށްރަށުގެ ސްކޫލުތަކަށް 69 ގުރުއާން ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފި

ރަށްރަށުގެ ސްކޫލުތަކަށް 69 ގުރުއާން ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފި

ރަށްރަށުގެ ސްކޫލުތަކަށް 69 ގުރުއާން ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަށްރަށުގެ ސްކޫލުތަކަށް 69 ގުރުއާން ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފައިވަނީ ރަށްރަށުގެ ސްކޫލްތަކަށް ޓްރޭން ޓީޗަރުންނާއި ކޮލިފައިޑް އަދި ގްރެޖުއޭޓް ޓީޗަރުންގެ އިތުރުން ސީނިއާ ޓީޗަރުންނަށް ބޭނުންވާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާން ކޮށްފައިވާ ގޮތުގައި ޓްރޭން ޓީޗަރެއްގެ މުސާރަ އަކީ 7،500-8،100ރ. ކަމަށާއި ގްރެޖުއޭޓް ޓީޗަރެއްގެ މުސާރަ 8،700ރ. އެވެ. އަދި ކޮލިފައިޑް ޓީޗަރެއްގެ މުސާރަ އަކީ 9،500-12،300ރ. އެވެ. އަދި ސީނިއާ ޓީޗަރުންނަށް 13،500-18،000ރ.ގެ އެވެ. މީގެ އިތުރުން ކޮންޓްރެކްޓެއްގެ ދަށުން މި މަސައްކަތް ހަވާލު ކުރާ ފަރާތްތަކަށް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ މުސާރަ އަކީ 5،000ރ. ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރާ ގޮތުގައި ގުރުއާން ޓީޗަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 17ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.