ރާއްޖޭގެ ޚަބަރު

ކައުންސިލް އިންތިހާބުގައި އޭޕީ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޢަދާލަތު ޕާޓީގެ އިސްވެރިން | ދިއިސްލާމް ފޮޓޯ: އަޝްވާގު

18 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޢަދާލަތި ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ޢަދާލަތު ޕާރޓީއިން ކުރިނ އިޢުލާނެއްގައި ވަނީ 18 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޢަދާލަތި ޕާޓޯގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 30 ނޮވެމްބަރު 2013 ވާ ހޮނިހިރު ދުވަހުގެ 15.00ގެކުރިން އެޕާރޓީފެ އޮފީހަށް ހުށަހެޅުމަށްއެދޭކަމަށެވެ. އަދި ފޯމް އެ ޕާރޓީގެ އިދާރާއިން ލިބެން ހުރުމުގެ އިތުރުން އެޕާރޓީގެ ވެބްސައިޓްއިން ލިބެން ހުންނާނެކަމަށް އެއިޢުލާންގައި ވެއެވެ.

އަދި އެ ޕާރޓީއިން ބުނީ ފޯމު ހުށައެޅުއްވުމަށްފަހު، 3 ޑިސެމްބަރުއިން ފެށިގެން ޕާރޓީގެ ޓިކެޓް ލިބޭކަން ކަށަވަރުކޮށް ޕާރޓީގެ ޤަރާރު ހޯއްދަވަން ޖެހޭނެ ކަމަށާއި އަދި 4 ޑިސެމްބަރުގެ ކުރިން އިލެކްޝަން ކޮމިޝަން އިން ދޫކުރާ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމުގެ ކޮޕީ ޕާޓީއަށް ހުށަހަޅަން ޖެހޭނެކަމަށެވެ. އަދި 8 ޑިސެމްބަރގައި އީސީއިން ފޯމުސެޓު ހުށަހެޅުމަށްފަހު ހުށަހެޅުއްވި ފޯމުސެޓުގެ ކޮޕީ އެޕާރޓީއަށް ހުށަހަޅަން ޖެހޭނެއެވެ.

އިންތިޚާބީ ދާއިރާއެއްގައި ޢަދާލަތު ޕާރޓީއިން ވާދަކުރަން ކަނޑައަޅާފައިވާ ގޮނޑީގެ ޢަދަދަށްވުރެ ފޯމު ހުށައަޅުއްވާފައިވާ ބޭފުޅުންގެ ޢަދަދު ގިނަ ނަމަ ޢަދާލަތު ޕާރޓީގެ ފަރާތުން ޓިކެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ އިންތިޚާބީ ދާއިރާއަކާ ގުޅޭ ޢަދާލަތު ޕާރޓީގެ ގޮފީގެ ހިންގާ ކޮމިޓީންކަމަށް އެޕާރޓީއިން މަޢުލޫމާތު ދެއެވެ. އަދި ޓިކެޓްދޭނެ ފަރާތެއް ކަނޑައަޅާއިރު، ކުރިމަތިލާ އިންތިޚާބީ ދާއިރާއަށާއި ޤައުމަށް ޚިދުމަތްކޮށްދީފައިވާ މިންވަރާއި ޕާރޓީއަށް ޚިދުމަތްކޮށްދީފައިވާ މިންވަރާއި ތައުލީމީ ފެންވަރާއި ޕާރޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަވެފައިވާ މުއްދަތުގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވޭތޯ ބަލާނެކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *