ރާއްޖޭގެ ޚަބަރު ޙައްޖުގެ އަޕްޑޭޓު "އަލްފަޖުރު" ފޭސްބުކު ޕޭޖުގައި ގެނެސްދޭ ގޮތަށް ހަމަޖައްސައިފި.

ޙައްޖުގެ އަޕްޑޭޓު "އަލްފަޖުރު" ފޭސްބުކު ޕޭޖުގައި ގެނެސްދޭ ގޮތަށް ހަމަޖައްސައިފި.

ޙައްޖުގެ އަޕްޑޭޓު "އަލްފަޖުރު" ފޭސްބުކު ޕޭޖުގައި ގެނެސްދޭ ގޮތަށް ހަމަޖައްސައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހިނގާ  1434 ވަނަ އަހަރުގެ  ޙައްޖާއި ގުޅޭ ތަފާތު މަޢުލޫމާތުތައް "އަލްފަޖްރު" ފޭސްބުކްޕޭޖު ގައި ގެނެސްދޭން ހަމަޖެހިފައިވާކަމަށް އެޕޭޖުން ހާމަކޮށްފިއެވެ. މިގޮތުން ދިވެހި ޙައްޖާޖީންނާއި ގުޅޭ ޚަބަރުތަކާއި  ޙައްޖާއި ބެހޭ ތަފާތު ޝަރުޢީ މަޢުލޫމާތުތައް ޙިއްސާކުރަމުން ދާނެކަމަށް ވަނީ ހާމަކޮށްފައެވެ.

"   ދިވެހި ޙައްޖުވެރިންގެ ޚަބަރުތަކާއި  ތަފާތު ދީނީ މަޢުލޫމާތުތަކާއި ޕޯސްޓަރުތައް އިރާދަކުރެއްވިއްޔާ ގެނެސްދެވޭނެ. " "އަލްފަޖްރު" ހިންގެވުމުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ޝާފިޢު ވިދާޅުވިއެވެ. " އަދި އަޅުގަނޑުމެން މައްކާ މަދީނާގެ ތަފާތު ތާރިޚީ ތަންތަނުގެ ފޮޓޯ ތަކާއި އަދި ދިވެހި ޙައްޖުވެރިންގެ ޝުއޫރުތައް އެބޭފުޅުންނާއި ވީހާވެސް ގާތުން ގެނެސްދެވޭތޯ އިންޝާﷲ މަސައްކަތް ކުރާނަށް" ޝާފިޢު އިތުރަށް ހާމަކުރެއްވިއެވެ.

"އަލްފަޖްރު" ފޭސްބުކްޕޭޖަކީ މަދީނާގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ބޭފުޅުން ހިންގަވަމުން އަންނަ ޕޭޖެކެވެ. މިދިޔަ  ރަމަޟާން މަހުވެސް އެބޭފުޅުންވަނީ "ރޯދަ" މިނަމުގައި ފޭސްބުކްޕޭޖެއް ހިންގާފައެވެ.

"އަލްފަޖްރު" ޕޭޖަށް ޒިޔާރަތް ކުރެއްވުމަށް މިލިންކަށް ޒިޔާރަތް ކޮށްލަވާ.

ޓެގް

ޙައްޖު 1434

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.