ރާއްޖޭގެ ޚަބަރު

"ގައުމައިގެން ކުރިއަށް ކޯލިޝަނު"ގެ އިސްލާމް ދީނާއި ގައުމިއްޔަތާއި ބެހޭ ސިޔާސަތު ހާމަކޮށްފި

ފޮޓޯ: ޝިހާމް

"ގައުމައިގެން ކުރިއަށް ކޯލިޝަނު"ގެ އިސްލާމް ދީނާއި ގައުމިއްޔަތާއި ބެހޭ ސިޔާސަތު ހާމަކޮށްފިއެވެ.

"އިސްލާމް ދީނާއި ގައުމިއްޔަތާއި ބެހޭ ސިޔާސަތު" ހާމަކުރުމަށް ރޭ ކ.ތުލުސްދޫގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި އިސްލާމް ދީނާއި ގައުމިއްޔަތާއި ބެހޭ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަ ދެއްކެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ ޤުބާދުއެވެ. ޑީއާރުޕީގެ ދީނީ ގޮފީގެ ރައީސް ޑރ ޤުބާދު ވަނީ ރައީސް ޑރ ވަހީދުގެ ވެރިކަމުގައި އިސްލާމް ދީނަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިހާރުގެ އިސްލާމިކް މިނިސްޓްރީއިން ކުރައްވާ ކަންތައްތައް ފާހަގަ ކުރައްވާފައިވެއެވެ.

ޖަލްސާގައި ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ރައީސް ޑރ ވަހީދުގެ ވާހަކާގައި ވިދާޅުވީ "ވިދާޅުވީ ދީނީ އަގީދާ ވަރުގަދަކުރުމަށްޓަކައި ސްކޫލްތަކުގައި އިސްލާމް ދީން ކިޔަވައިދިނުމުގެ އުސޫލުތައް ހަރުދަނާކޮށް އިސްލާމް ކިޔަވައިދޭ މުދައްރިސުންނަށް ތަމްރީންދޭނެ"ކަމަށެވެ. އަދި "އެންމެ މިޒަމާނުގެ އިސްލާމިކް ރިސާޗް ސެންޓަރެއް ގާއިމުކުރަން ގަސްތުކުރައްވާ"ކަމަށްވެސް ރައީސް ޑރ ވަހީދު ވަނީ ވިދާޅުވެފައެވެ.

އިސްލާމް ދީނާއި ގައުމިއްޔަތާއި ބެހޭ ސިޔާސަތު ހާމާކޮށްފައިމިވަނީ ޢަދާލަތު ޕާޓީއިން ކޯލިޝަނުން ވަކިވި ދަނޑިވަޅާ ދިމާކޮށެވެ.

މިޖަލްސާވަނީ ދިޓީވީ އިން ވަގުތުން ދުރަށް ދައްކާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *