ރާއްޖޭގެ ޚަބަރު

5 އަހަރުގެ ތެރޭގައި ޑިގްރީ ފެންވަރުގެ 300 ޤުރުއާން ޓީޗަރުން ތަމްރީނުކޮށްދޭނެ: އެމްޑީޕީ

އެއްބުރުން، ހއ. ހޯރަފުށި ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވާހަކަދައްކަވަނީ| ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ސަރުކާރެއްގެ ފަސްއަހަރުގެ ތެރޭގައި ޑިގްރީ ފެންވަރުގެ 300 ޤުރުއާން ޓީޗަރުން ތަމްރީނުކޮށްދޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

"ދިވެހި އިލްމުވެރިން: ދިވެހިންގެ ވިސްނުމުން ރާއްޖޭގެ އަސްދަނޑިން ބޭރަށް" ނަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅުއްވާ ތައުލީމީ ސިޔާސަތާބެހޭ ގޮތުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކެމްޕޭން ކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ދެވޭ ތައުލީމުގައި އިސްލާމްދީނާއި ކީރިތި ޤުރުއާން އަދި ޢަރަބި ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނޭ ކަމަށެވެ. އެގޮތުން ވެރިކަމުގެ ދައުރުގެ ތެރޭގައި ޑިގްރީ ފެންވަރުގެ 300 ޓީޗަރުން މަދުވެގެން ތަމްރީނު ކުރުމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްލާމިކް ފެކަލްޓީ އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ތައުލީމާ ބެހޭ ސިޔާސަތުގައި ކަނޑައަޅާފައިވާނޭ ކަމަށެވެ.

ހުކުރު ދުވަހު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ ތަޢުލީމާ ބެހޭސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” އިފްތިތާޙް ކުރުން ރަސްމީކޮށް ބާއްވަން ހަމަޖެހިފައިވަނީ ޅ އަތޮޅު ނައިފަރުގައި ކަމަށާއި އަދި އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން ހަމަ އެދުވަހު ރާއްޖޭގެ 19 އަތޮޅާއި މާލޭ ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ ކަމަށް އެމްޑީޕީއިން ހާމަކުރެއެވެ.

ނޫސްވެރިންނަަށް މަޢުލޫމާތު ދެއްވަމުން، ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ވިދާޅުވީ ރާއްޖެއިން މަތީތައުލީމަށްދާ ދަރިވަރުންގެ މިހާރުގެ ނިސްބަތަކީ 6 އިންސައްތަ ކަމަށާއި ނަމަވެސް އެއިންސައްތަ 40 އަށް ބަދަލު ކުރުމަކީ ކުރީގެ ރައީސް ނަޝީދުގެ ވަރަށްބޮޑު އެދުންފުޅެއް ކަމަށެވެ. އަދި ކުއްޖާ އުފަންވީއްސުރެ ބެލެނިވެރިންނާއި ސަރުކާރުން ފައިސާލާގޮތައް ހަޔަރ އެޑިއުކޭޝަން ސޭވިންގ ސްކީމެއް ތަޢާރަފް ކުރައްވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން 6150 ޒުވާނުންނަށް މަތީތައުލީމް ހޯދުމަށް ލޯނާއި ސްކޮލަރޝިޕް ދިނުމަށް 500 މިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

”ކިޔެވުމަށް ދޭ ލޯނު އަނބުރާ ދައްކާއިރު އެޒުވާނަކު ދައްކަން ޖެހޭނީ ވަޒީފާ އަދާކުރާ ޒުވާނާގެ މަސްދުވަހުގެ އާމްދަނީގެ 8 އިންސައްތައަށްވުރެ މަތިނުވާ ޢަދަދަކުން މަހަކު “އިލްޔާސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ އަށް އުފެއްދުމަށްޓަކައި، ޑިގްރީ ފެންވަރުގެ 300 ސައިންސް ޓީޗަރުންނާއި 300 ގްރުއާން ޓީޗަރުން ތަމްރީންކުރާ އިރު، ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން އިތުރުކުރުމަށްޓަކައި ޑިގްރީ ފެންވަރުގެ 500 ނަރުހުންނާއި 200 ފާމަސިސްޓުން ތަމްރީނުކުރުމުގެ މަޝްރޫއެއް ފަށާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

މި ޕްރޮގްރާމުތަކުގެ އިތުރުން ހުނަރު ޕްރޮގްރާމުން، ފަސް އަހަރުތެރޭގައި 17،350 ތަމްރީނުކުރުމަށް ވެސް ވަނީ ރާވައިފަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *