ރާއްޖޭގެ ޚަބަރު

ރާއްޖޭގައި މަރުގެ އަދަބު އަލުން ދޭން ފަށާފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް: އެމްނެސްޓީ

މަރާލެވިފައިވާ މީހުންގެ ޙައްޤުގައި ބޭއްވި އެއްވުން - ދިއިސްލާމް ފޮޓޯ: އަސްވާގް

ރާއްޖޭގައި މަރުގެ އަދަބު އަލުން ދޭން ފަށާފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށް އެމްނެސްޓީ އިން ނެރުނު ރިޕޯޓަކުން ބުނެފިއެވެ.

އެމްނެސްޓީން ކޮންމެ އަހަރަކު ނެރޭ "ސްޓޭޓް އޮފް ދަ ވޯލްޑްސް ހިއުމަން ރައިޓްސް"ގެ މިއަހަރުގެ އަދަދުގައި ބުނެފައި ވަނީ "މަރުގެ އަދަބު ތަންފީޒުކުރެވޭ ގޮތަށް ސަރުކާރުން ބިލެއް ޑްރާފްޓް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް އައިސްފައި ވާތީ 60 އަހަރަށް ވުރެ ގިނަ ދުވަސްފަހުން މަރުގެ އަދަބު ތަންފީޒކުރަން އަލުން ފެށިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ،" އަދި "މަދުވެގެން ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ، ނަމަވެސް އެއްވެސް މީހަކަށް މަރުގެ އަދަބު ދީފައެއް ނުވެއެވެ. ގާނޫނުގެ ދަށުން މަރުގެ އަދަބު ދޫކޮށް ނުލެވޭނެ ކަމަށް ވިދާޅުވެ އުއްތަމަފަނޑިޔާރާއި ހޯމް މިނިސްޓަރު ވަނީ ބަޔާން ދެއްވާފައެވެ،" މިފަދައިން ރިޕޯޓްގައިވެއެވެ.

އެމްނެސްޓީގެ ރިޕޯޓްގައި ރާއްޖޭގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު މައްސަލަތައް ނުބެލެނީ ޝަރުއީ ނިޒާމުގައި ހުރި ސީރިއަސް މައްސަލަތަކެއްގެ ސަބަބުން ކަމަށް ބަޔާންކޮށްފައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ރާއްޖޭގެ ޝަރުއީ ނިޒާމަށް މިރިޕޯޓްގައި ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *