ރާއްޖޭގެ ޚަބަރު

ކޮމެޓީ މެމްބަރުންގެ ތަޢުލީމީ ފެންވަރު އެނގޭނެ ލިޔުމެއް ހޯދުމަށް އަދާލަތުން މަޖިލިސް އަށް ސިޓީއެއް ފޮނުވައިފި

ރައްޔިތުންގެ މަޖިލީސް ކުރާ ގެ | ދިއިސްލާމް ފޮޓޯ: އަޝްވާގު

ރައްޔިތުންގެ މަޖްލިސްގެ ޤާނޫނުލް ޢުޤޫބާތު ދިރާސާކުރާ ވަޤުތީ ކޮމިޓީގެ މެމްބަރުންގެ ތަޢުލީމީ ފެންވަރަކީ ކޮބައިކަން ބަޔާންކޮށް އެނގޭނެ ލިޔުމެއް ހޯދައިދިނުމަށް އަދާލަތު ޕާޓީ އިން ރައްޔިތުންގެ މަޖިލިސް އަށް ސިޓީ އެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖްލިސްގެ ރައީސް އަބްދުﷲ ޝާހިދަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީ ގައި ވަނީ 2013 މެއި 15 ވާ ބުދަދުވަހު އޮންނަ ޤާނޫނުލް ޢުޤޫބާތު ދިރާސާކުރާ ވަޤުތީ ކޮމިޓީއަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ހުސައިން ހާޒިރުވެވަޑައިގަތުމަށް ދަޢުވަތު ދެއްވާފައި ވާތީވެ އެ ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ތަޢްލީމީ ފެންވަރު އެނގޭނެ ލިޔުމެއް އެ ޕާޓީ އަށް ބޭނުންވާކަމަށެވެ.

އަދި 2013 މެއި 15 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ޤާނޫނުލް ޢުޤޫބާތު ދިރާސާކުރާ ވަޤުތީ ކޮމިޓީގެ މެމްބަރުންގެ ތަޢްލީމީ ވަނަވަރު އެނގޭނެ ލިޔުމެއް ފޮނުވައިދެއްވުން އެދި ދަންނަވާ ކަމަށްވެސް އަދާލަތު ޕާޓީ އިން ފޮނުވި އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން އައްޝައިޚް އިލްޔާސް ހުސައިންގެ އިލްމީ ފެންވަރު ބަޔާން ކޮށްދިނުން އެދި ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީފޮނުވައިފައެވެ.

އެގޮތުން ރައްޔިތުންގެ މަޖްލިސްއިން އިސްލާމިކް މިނިސްޓްރީ އަށް އައްޝައިޚް އިލްޔާސް ހުސައިންގެ އިލްމީ ފެންވަރު ބަޔާން ކޮށްދިނުން އެދި ފޮނުވި ސިޓީ އަށް ވާނީ
ޝައިޚް އިލްޔާސްގެ ޢިލްމީ ފެންވަރު ބަޔާނަކޮށް ސިޓީއަކުން ޖަވާބުދެއްވާފައި ކަމަށްވެސް އިންލާމިކް މިނިސްޓަރު ހާމަކުރައްވައެވެ.

ކީރިތި ޤްރުޢާން ހިތުދަސް ބޭފުޅެއްކަމުގައިވާ ޝައިޚް އިލްޔާސް ހުސައިން އަކީ އިންޑިޔާގެ ގުޖުރާތު އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢާ ފަސްޓް ޑިގްރީ ޙާސިލްކޮށް، މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮލީ ޤްރްއާން އެންޑް އިސްލާމިކް ސްޓަޑީޒް އިން ފަސްޓް ޑިގްރީ ޙާސިލުކުރައްވާފައި ހުންނެވި ބޭފުޅެއްކެވެ.

އަދި ޝައިޚް އިލްޔާސް އަކީ ދިވެހި ރާއްޖޭގެ އިސްލާމިކް ފިޤްހު އެކަޑެމީގެ މެމްބަރެއްގެ އިތުރުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްވެސް މެއެވެ.

އަދާލަތުޕާޓީ އިން މަލިލިސް އަށް މިގޮތަށް ސިޓީއެއް ފޮނުވުމުގެ ކުރިން ރައްޔިތުންގެ މަޖްލިސް އިން ވަނީ ގާނޫނުލް އުގޫބާތުގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށް ބުނެ މިމަހުގެ 15 ވަނަ ދުވަހު އަދާލަތު ޕާޓީގެ ޢިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ރައްޔިތުންގެ މަޖްލިސް އަށް ހާޒިރުވުމަށް ވެސް އަންގާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *