ރާއްޖޭގެ ޚަބަރު

ރައީސް ނަޝީދުގެ ވާހަކަތައް ކުށްވެރިކޮށް ޖަމްޢިއްޔަތުލް ބަޔާންއިން ނޫސްބަޔާނެއް ނެރެފި

ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްއަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމް ދީނަށާއި، ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ޖަމްޢިއްޔަތުލް ބަޔާން އިން ކުށްވެރިކޮށްފި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވާހަކަތައް ކުށްވެރިކޮށް އެޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނުގައިވަނީ، ޒަމާނުއްސުރެ އިސްލާމްދީނުގެ ދުޝްމަނުން އިސްލާމްދީން ނިކަމެތިކުރުމަށް ތަފާތު އެކިއެކި އަމަލުތައް ކުރަމުންގެންދާކަމަށާއި އެހެންމެ، ދީނުގެ އަދާވާތްތެރިން ރުއްސުމަށް ތަފާތު ގޮތްގޮތަށް އިސްލާމްދީނަށް ފުރައްސާރަކުރާކަމަށެވެ. އަދި މިގޮތުން ކުރީގެ ރައީސް، މުޙައްމަދު ނަޝީދުއަކީ ފެށުނީއްސުރެ އޭނާގެ ގިނަވާހަކަތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ގޮންޖަހަމުންދާމީހެއްކަމަށާއި ކުރީގެ ރައީސް ނަޝީދު ނުވަ އަހަރުގަ ކައިވެނިކުރާ ވާހަކަދެއްކީ އުއްމަތުގެ މާތްނަބިއްޔާއަށް ފުރައްސާރަ ރައްދުވާގޮތަށްކަމަށެވެ. އަދި އަބަދުވެސް ހުޅަނގުގެ ރުހުން ހޯދުމަށް މުސްލިމުން ބަދުނާމުކޮށް، ދީނީ އިލްމުވެރިންގެ އަގުވައްޓާލުމަށް އެކި އެކި ކަންތަށް ރައީސް ނަޝީދު ކެނޑިނޭޅި ކުރަމުންގެންދާކަމަށެވެ.

"ޑެންމާކްގައި ވާހަކަދައްކަމުން އަންނިވަނީ ދިވެހި ރާއްޖެއަށް ވަނީ ވަޙީއާއި ސުންނަތް ނޫން އިތުރު އެހްން ގޮތެއް ހޯދަން ޖެހިފައިވާކަމަށް ބުނެ އަދި މާތް ނަބިއްޔާގެ ސުންނަތަށް އުޅޭމީހުންނަކީ ދީނީ ހަރުކަށި މީހުންކަމަށްބުނެ އެއީ ހަޤީޤީ އިސްލާމްދީންނޫންކަމުގައި ބުނެފައި. މީނާގެ މިޢަމަލު މިޖަމުޢިއްޔާއިން ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން. އެހެނީ އިސްލާމްދީނަށް މަލާމާތްކުރުމަކީ އެދީނުގެ ޝިއާރުތަކަށް މަލާމާތްކުރުން" ޖަމްޢިއްޔަތުލް ބަޔާންގެ ނޫސްބަޔާންގައި ވެއެވެ.

ޖަމްޢިއްޔަތުލް ބަޔާންގެ ނޫސްބަޔާންގައި އިތުރަށް ވަނީ،
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَءَايٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ
ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟

ހަނދާންކުރަންވީ ﷲ ތަޢާލާ އެކަލާނގެ ދީން ކާފިރުން ނުރުހުނު ކަމުގައިވިޔަސް އިއްޒަތްތެރި ކުރަށްވާނެކަމަށް ޖަމްޢިއްޔަތުލް ބަޔާންގެ ނޫސްބަޔާންގައި ވެއެވެ.

يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
އެއުރެން އެދެނީ، اللَّه ގެ نور ފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި كافر ން ނުރުހުނުކަމުގައިވިޔަސް اللَّه، އެކަލާނގެ نور ފުޅު ފުރިހަމަކުރައްވާހުށްޓެވެ."

ކުރީގެ ރައިސް މުހައްމަދު ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޕާލަމެންޓްގައި ދެއްކެވި ވާހަކައިގައި، ކީރިތި ރަސޫލާއަށާއި، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާާރަކޮށް ވާހަކަ ދައްކަވާފައިވާތީ ބައެއް ސިޔާސީ ޕާރޓީއިންވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *