ރާއްޖޭގެ ޚަބަރު

ސިވިލްކޯޓުން އިސްލާމިކް މިނިސްޓްރީގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފްކުރަނީ

ދިވެހި ޙައްޖުވެރިން އަރަފާތު ބިމުގައި 1433 | ފޮޓޯ: ދިއިސްލާމް

2013ވަނަ އަހަރު ދިވެހިރާއްޖެ އިން ހައްޖުގެ އަޅުކަމަށް މީހުން ގެންގޮސްދިނުމަށް އެދި ހަތަރު ޖަމާއަތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ކްލެސިކް ހައްޖު އެންޑް އުމްރާ ގްރޫޕް އާއި އަލްމަނާސިކް ގްރޫޕާއި، އަލްފަތުހް ހައްޖު އެންޑް އުމްރާ ގްރޫޕްގެ އިތުރަށް އަލްސަފާ ގްރޫޕްގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށް ސިވިލް ކޯޓުން ވަނީ އިސްލާމިކް މިނިސްޓްރީ ގެ މައްޗަށް ހުކުމް ކޮށްފައެވެ.
ދައުލަތުގެ ފަރާތުން ހައިކޯޓަށް މި މައްސަލަ އިސްތިއުނާފް ކުރަން ހުށައަޅައިފައި ވާއިރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލުތަކާއި އެއްގޮތަށް އެ ހަތަރު ކުންފުނިން ހުށައަޅައިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ހަމަޖެހިފައިވާފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އެ ހަތަރު ކުންފުންޏަށް ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ހަތަރު ޖަމާއަތުގެ ޕްރޮޕޯސަލްވެސް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް އެފެއާޒް އިން ނިންމާފައި ވަނީ އެ ޖަމާއަތްތަކުން ބިޑް ޕްރޮޕޯސަލް ހުށަހަޅަން ހާޒިރުވި ފަރާތްތަކުން އެއީ ކާކުކަން އަންގައިދޭ ފަދަ ލިޔުމެއް ގެންގޮސްފައި ނުވާތީ ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *