ރާއްޖެއަށް ދެކުނު ކޮރެއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޮންގމޫން ޗޮއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ދެކުނު ކޮރެއާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެގޮތުން، ދެކުނު ކޮރެއާގެ ވިޔަފާރީގެ އިންވެސްޓްމަންޓްތައް ދިވެހިރާއްޖޭގައި ކުރިއަރުވާ އިތުރުކުރެއްވުމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.
ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާގައި، ދެކުނު ކޮރެއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ކޮރެއާގެ ސަފީރަށް އެރުވިކަމަށާއި، އަދި ކޮރެއާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.
ޚިޔާލު