ރާއްޖޭގެ ޚަބަރު

މަޖްލިސްގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގެންފި

މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު - ފޮޓޯ: މަޖިލިސް އިދާރާ

މިއަދުން ފެށިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީއާ) ގުޅިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ މެމްބާރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީ އަށް ސޮއިކުރައްވާފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް އޭނާ ޓްވިޓާގައި ދެންމެ ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ 2008 ގައި ރާއްޖޭގައި ޤާއިމްކުރީ ޑިމޮކްރެޓިކް ދިވެހިރާއްޖެއެއް ކަމަށާއި، އަދި އެކަމުގެ ފައިދާ ނަގާ މީހުންނާއި ހައްދުފަހަނަޅާފައިވާ މީހުން ގައުމު ފަހަތަށް ގެންދާތަން ބަލަހައްޓަވައިގެން ނުހުންނަވާނެ ކަމަށެވެ.
ހަމަ އެގޮތައް ޝާހިދު ޑީއާރުޕީ ދޫކުރައްވާ އިސްތިއުފާ ދެއްވިކަންވެސް ހާމަކުރެއްވީ ޓްވިޓާ މެތުވެރިކޮށް ކޮށްފައިވާ ޓްވީޓްއެއްގައެވެ.
އަދި އެ ޓުވީޓް ގައި ޝާހިދު ވިދާޅުވީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރިއަށް ވަޑައިގެންނަވާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *