ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖަކު ޒިނޭކުރި ކަމަށް ހުކުމް ކޮށް އެކުއްޖާގެ ގައިގައި ހައްދު ޖެހުމަށް ކޮށްފައިވާ ހުކުމަކީ އިންސާނިއްޔަތު ކަމާއި ކަނޑައެޅިގެން ދެކޮޅަށް ކޮށްފައިވާ ހުކުމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިސްލާމްދީނާއި އިދިކޮޅު ގިނަގުނަ ހަރަކާތްތަކެއް ހިންގުމުގައި މަޝްހޫރު ޑެންމާކުގެ ޤާނޫނު ހަދާ މަޖިލީހުގައި އެމަޖިލީހުގެ މެންބަރުންނާއި މުހާތަބު ކުރައްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މި އިންތިހާބަކީ އެކި ފަހަރު މަތިން ދޮން ބައްޕަ ރޭޕްކުރި އަންހެން ކުއްޖާއަށްޓަކައި ކުރިމަތިލާ އިންތިހާބެއް ކަމަށާއި، އެކުއްޖާ ރޭޕްކޮށް މާބަނޑުވެ ވިހެއުމުން އެކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ދަރިފުޅު މަރާލީ ކަމަށެވެ. އަދި އެއަށްފަހު އަދުލް އިންސާފާއި އިންސާނިއްޔަތު ކަމާ ކަނޑައެޅިގެން ދެކޮޅަށް އެ ކުއްޖާގެ މައްޗަށް ޒިނޭގެ ހުކުމް ސާބިތުކޮށް އެކުއްޖާގެ ގައިގާ ހައްދު ޖަހަން ރާއްޖޭގެ ކޯޓަކުން ހުކުމް ކުރީކަމަށެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވުމަށްފަހު ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބައެއްގެ އަތް މައްޗަށް ސަރުކާރުގެ ތިން ވުޒާރާއެއް ގޮސްފައިވާ ކަމަށާ، ހައްދުފަހަނައަޅާފައިވާ މީހުންގެ ވިސްނުން ރައްޔިތުންނަށް ދަސްކޮށްދިނުމަށް އެ މީހުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޚިޔާލު