”ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޚުލްޤުފުޅު“ މިނަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ދަރުސްއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް އެފެއާޒްގެ ފަރާތުން ހާމަކުރައްވާ ގޮތުގައި މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރީލް މަހުގެ 04 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައިއިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އަދި މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އާއި، އައްޝައިޚް ޢަބްދުލް އަޒީޒު ހުސެއިން އެވެ.
މި ދަރުސް އަޑުއެއްސެވުމަށް ވިހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވަރަށް ބޮޑު އެދުމެކެވެ.

















ޚިޔާލު