
"މައިންބަފައިން ނަށް ހެޔޮކޮށް ހިތުން" މި ނަމުގައި ބޭއްވި ފޯރަމް ގައި ޝެއިޚް އަލީ ޒާހިރު ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ: އަހްމަދު ހިޝާމް
މައިންބަފައިން އުފުލި ބުރަތައް ގުނާ އަދަދެއް ނުކުރެވޭނެ ކަމަށާއި، އަހަރެމެން އިންސާނުންނަކީ އެއްވެސް އާރެއްބާރެއް ނެތްބައެއް ކަމުގައިވަނިކޮށް މައިންބަފައިންގެ ހެޔޮ ދުޢާ އާއި އެމީހުންގެ ބުރަ މަސައްކަތުން މިހާހިސާބަށް އާދެވިފައިވާ ބައެއްކަމަށް ޝައިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
"މައިންބަފައިން ނަށް ހެޔޮކޮށް ހިތުން" މި ނަމުގައި ރޭ އިސްްލާމީ މަރުކަޒުގައި ބޭއްވި ފޯރަމް ގައި މި މަޢުލޫައަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ މައިންބަފައިން ނުރުހޭ ޒާތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެކަމަށެވެ. "ނަމަވެސް މިއަދު މި ފެންނަނީ އެމީހުން އުއްމީދުކުރާ މަންޒަރެއް ނޫން، މުސްކުޅިވީމަ ބާކީކޮށް ނެރެލާތަން" ޝައިޚް ވިދާޅުވިއެވެ. މިއަދު މި ފެންނަނީ އެމީހުން ހިތުގަޖައްސާ ހިތްދަތިކޮށް ގެއިންވެސް ނެރެލާތަނަކަމަށާއި މިއީ މިކަން ވާންޖެހޭނެ ގޮތް ނޫން ކަމަށް ބުނެ "ޒަޢިނުލް އާބިދީން" ފަދަ އުންމަތުގެ ސަލަފުންގެ އެތައް މިސާލެއް ޖެއްސެވިއެވެ.
"ޒަޢިނުލް އާބިދީން ފަދަބޭބޭފުޅުން އެބޭބޭފުޅުންގެ މަންމަ އާއި އެކު ކެއުމަށް އިންސާފު ކުރަން އެކުގައި ކާން އަރަން ޖެހިލުންވެވަޑައިގެނެވުން ފަދަ ކަންކަމުގެ އަސްލަކީ މަންމަ ނަގަން ބޭނުންވެފައި ވާ ކާއެއްޗެއް މަންމައަށް ވުރެ ކުރިން ނެގިދާނެކަށްޓަކައި، އެއީވެސް ނުކިޔަމަންތެރި ކަމަކަށް ވެދާނެކަމަށްޓަކައި" ޝެއިޚް ވިދާޅުވިއެވެ. އަދި މީގެ އިތުރުން "މުހައްމަދު ބިން މުންކަދިރު މެން ފަދަ ބޭފުޅުން ރޭ އަޅުކަން ކުރުމުން މަޙުރޫމް ވެޑައިގެން މަންމަގެ ފައި މޮޑެ ދެއްވުމުގައި ވަގުތުތައް ހޭދަކުރެއްވީ އެއީ މައިންބަފައިންނަށް ޚިދުމަތް ކުރުމަށް ލިބޭ ބޮޑު ޝަރަފެއް އަދި އުފަލެއް ކަމުގައި ބައްލަވައިގެންކަމަށާއި، ބައެއް ބޭފުޅުން އެބޭފުޅުންގެ ކޮނޑުމަތީގައި މަންމަ އުފުލައި ޚުރާސާން އިން ދަތުރުކޮށް ހައްޖުގެ އަޅުކަން ކުރައްވައިފައިވާ ކަމަށް" ވިދާޅުވެ ޢުއްމަތުގެ ސަލަފުންގެ ލާމަސީލު އެތަށް މިސާލު ތަކެއް ޖެއްސެވިއެވެ.
މައިންބަފައިންގެ ކުރިމަތީގައި ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލުމަށް ވަސިއްޔަތް ކުރައްވަމުން ޝައިޚް ވިދާޅުވީ މައިންބަފައިންގެ ރުހުން ލިބިއްޖެނަމަ އެމީހަކަށް އެހެރީ ސުވަރުގެ ވަދެވޭނެ މަގުފަހިވެފައިކަމަށާއި އަދި މައިން ބަފައިންގެ ރުހުން ލިބިއްޖެނަމަ އެމީހަކަށް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ވާ ފަދައިން މައިންބަފައިން ގެ ރުހުން ނުލިބިއްޖެނަމަ އެމީހަކަށް ﷲ ގެ ނުރުއްސެވުން ވާ ކަމީ ރައްކާތެރިވެ ސަމާލުވާންޖެހޭ ކަމެއްކަމަށެވެ.
"މިއަދު އަޅުގަނޑުމެން ކިތައްމެ ބޮޑެތިވެފައި ތިއްބަސް ކޮންމެ މައިންބަފައިންނެއްވެސް އެމީހުންގެ ދަރިން ބަލިވުމުން ހޭލާ ހުރި ހުރުމާއި ކުޑައިރުއްސުރެ ބަލާބޮޑުކުރި އިރުގެ ފިލްމު އެމީހުންގެ ލޯމަތިން އަބަދުވެސް އެމީހުންނަށް ފެންނަން ހުންނާނެ،އެހެންކަމުން ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނައް ވުރުންވެސް ބޮޑު ސަމާލުކަމެއް މައިންބަފައިންނަށް ދޭންޖެހޭ" ޝައިޚް ވިދާޅުވިއެވެ. ޝައިހު އަލީ ޒާހިރުގެ މި އަގުމާތްވި އިރުޝާދުތައް ނިއްމާލައްވަމުން ވިދާޅުވީ މިއަދު އަޅުގަނޑުމެން މައިންބަފައިންނާއި ދޭތެރޭގައި އިހާނެތިކޮށް ކަންތައް ކުރާނަމަ މާދަމާ އަހަރެމެންގެ ދަރިންގެ ކިބައިން އެއައްވުރެ ހިތި މަންޒަރުތައް ފެންނަނެކަމީ ޝައްކެއް ނެތް މަމެއް ކަމަށާއި، މައިން ބަފައިންނަކީ އަބަދުވެސް އަހަރެމެންގެ އަތް މައްޗައް ލައިގެން ގެންގުޅޭ ބައެއްކަމުގައި ހަދަންވެއްޖެ ކަމަށެވެ. އަދި މިއަދު އެމީހުން ދުނިޔޭގައި ތިބިނަމަ އަހަރެމެން މި ރަނުގެ ފުރުސަތުގެ ބޭނުން ކުރަން ވެއްޖެކަމަށާއި އަބަދުވެސް އެމީހުން ހެއްވާފައި އުފަލުގައި ބޭތިއްބުމަށް ވަސިއްޔަތް ކުރެއްވިއެވެ.
















ޚިޔާލު