ބަންދުގައި ބަހައްޓައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރީއަތަށް ހާޒިރު ކުރަން މިއަދު އެމަނިކުފާނު ހައްޔަރު ކުރުމުން މާލެ ތެރޭގައި ކުރި މުޒާހަރާ ކަވަރު ކުރަން މަސައްކަތް ކުރި ދެ ނޫސްވެރިޔަކަށް މުޒާހަރާގެ ތެރެއިން ދިން ހަމަލާ މޯލްޑިވްސް މީޑިޔާ ކައުންސިލުން (އެމްއެމްސީ) އިން ކުށްވެރިކޮށްފި އެވެ.
މުޒާހަރާ ކަވަރު ކުރުމަށް ނުކުމެ އުޅެނިކޮށް ވީނިއުސް ނޫސްވެރިއަކަށާއި ސަން އޮންލައިންގެ ނޫސްވެރިއަކަށް ހަމަލާދިނުމާގުޅިގެން، އެކަން ކުއްވެރިކޮށް މީޑިޔާ ކައުންސިލުން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، ނޫސްވެރިން ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހަމަލާދިނުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ފަހަތައް ޖެއްސުމަށް ބަަޔަކު ހިންގާ ދަށުދަރަޖައިގެ ޢަމަލެއްކަމަށެވެ. އަދި މީޑިޔާ ކައުންސިލުން ނޫސްވެރިންގެ ހިމާޔަތުގައި ކުރާ މަސައްކަތުން ނޫސްވެރިންނަށް ޢަމާން މާހައުލެއް ކަށަވަރު ނުވަނީސް އެމަސައްކަތް ހުއްޓާނުލާނެކަމަށް ވެސް އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށް އިއްޔެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ސަންއޮންލައިންގެ ނޫސްވެރިޔަކަށް ގ. ކެނެރީގޭ ހުންނަ މަގުން ބަޔަކު ހަމަލަދީ މާރާމާރީ ހިންގައި އޭނާގެ ގަމީސް ވީދާލައި ފޯނު ފޭރިގެންފައިވާވާއިރު ހަމަ އެވަގުތު ވީޓީވީ ކެމެރާމަނަކަށް ހަމަލާދީ މާރާމާރީ ހިންގައި އޭނާގެ އަތުގައި އޮތް ކެމެރާއަށް ގެއްލުންދީ ކެމެރާގައި އޮތް ޓޭޕް ބަޔަކު މީހުން އަތުލާފައިވެއެވެ.

















ޚިޔާލު