ރާއްޖޭގެ ޚަބަރު

ރާއްޖެ ޓީވީގެ ނޫސްވެރިޔާ, މިއަދު އޮޕަރޭޝަން ކުރާނެ: ލަންކާ ހޮސްޕިޓަލް

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު)
ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު)

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު)

ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު) އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި، އޭނާގެ މޫނަށް ލިބިފައިވާ ޒަހަމްތަކާ ގުޅިގެން މިއަދު އޮޕަރޭޝަން ކުރާނެ ކަމަށް ލަންކާ ހޮސްޕިޓަލުން ބުނެފި އެވެ.

ހަވީރު އޮންލައިންއަށް ދެއްވި އިންޓަރވިއު އެއްގައި އެ ހޮސްޕިޓަލުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަންސް ޑރ. ކޭ.ޓީ. އިރޭވަން ވިދާޅުވީ މި އޮޕަރޭޝަން ކުރަނީ އިބްރާހިމް ވަހީދުގެ ދަތްދޮޅީގެ މަތީ ކަށިގަނޑާ ދިމާލުން ފަޅައިގެން ގޮސްފައިވާ ތަން ރަނގަޅުކުރުމަށް ކަމަށާއި ޓެސްޓުތައް ހެދުމަށް ފަހު އިތުރު ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށެވެ.

މީގެ އިތުރުން އިބްރާހިމް ވަހީދުގެ ކަނާތު ލޮލުގެ އެތެރެއަށް ލޭ އެޅުމުގެ ސަބަބުން އެ ލޮލުގެ ފެނުމަށް ކޮންމެވެސް ވަރަކަށް އަސަރު ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ބެލިބެލުމުން އޮޕަރޭޝަނެއް ކުރަން ނުޖެހޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އަދި އިންޖެކްޝަން ޖަހައިގެން (ކަނާތު) ލޮލުގެ ފެނުން މަޑުމަޑުން ރަނގަޅު ކުރެވެމުން ދާކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ލަންކާ ހޮސްޕިޓަލުން ބުނީ އިބްރާހިމް ވަހީދު ވޯޑަށް ބަދަލުކުރާނެ ވަކި ދުވަހެއް އަދި ނުނިންމާ ކަމަށާއި އަދި އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރާ ކަމަށެވެ.

ރާއްޖެ ޓީވީގެ ނިވްސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑް) އަށް ބަޔަކު ހަމަލާދިނީ، ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީނު ވިދާޅުވި ގޮތުގައި، އޭނާ އާއި އަސްވާޑާ ދެ މީހުން ދެ ސައިކަލުގައި ދަނިކޮށެވެ.

އަސްވާޑަށް ހަމަލާދިން ބަޔަކު ހޯދައި އެބަޔަކާ ދެމެދު ހަރުކަށި ވިޔަފަޅު އެޅުމަށް ދައުލަތުގެ މުއައްސާސާތަކުން ގޮވާލާފައިވާ އިރު ފުލުހުން ވަނީ އޭނާ އަށް ހަމަލާދިން ބަޔަކު ހޯދުމަށް ހާއްސަ އޮޕަރޭޝަނަށް ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި

ޚިޔާލު

Comments are closed.