ރާއްޖޭގެ ޚަބަރު

4 މާޗް ގައި ސަރުކާރު ބަންދު

ސިވިލްސާވިސް މުވައްޒަފުން އެންމެ ގިނައިން މަސައްކަތްކުރާ ވެލާނާގެ

velanage_dhiislma

އަންނަ މާޗް މަހުގެ 4ވާ ހޯމަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ގޮތުގައި ރައީސް މުހަންމަދު ވަހީދު ހަމަޖައްސަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މާޗް މަހުގެ 4ވާ ހޯމަ ދުވަހު ބާއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަވާފައިވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ވަނީ ހަމަޖައްސަވައިފައިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *