އިސްލާމިކް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސައީދު ގެ ކާރުކޮޅުގައި އަލިފާން ރޯ ކޮށްލައިފިއެވެ.
މިހާތަނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ކާރުގައި ރޯކޮށްލާފައިވަނީ މިރޭ 19.55 ހާއިރު، ހާއިރު މާފަންނު ޝީ ބިލްޑިންގް ކައިރި ޕާކްކޮށްފައި ވަނިކޮށްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ މައުލޫމާތު ދީފައެވެ.
އެ ކާރުގައި ރޯކޮށްލާފައިވާ އަލިފާންގަނޑު ފުލުހުންނާއި ސިފައިން ގުޅިގެން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ ޝީ ބިލްޑިންގ ކައިރީ ޕާރކްކޮށްފައި އޮއްވާ ކާރުގައި އަލިފާން ރޯކޮލާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް މިރޭ 07:55 ހާއިރު ލިބިފައިވާ ކަމަށާއި އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

















ޚިޔާލު