ހދ. ކުރިނބީ ކައުންސިލާއި ކުރިނބީ ސްކޫލް ގުޅިގެން ކުރައިށް ގެންދާ ރަށު ފެންވަރުގެ ޤްރުއާން މުބާރާތް މިއަދު މެންދުރުފަހު 02:00 ގައި ކުރިނބި ސްކޫލް ހޯލްގައި ފަށައިފިއެވެ.
15 ދަރިވަރުންނާއެކު ފެށުނު މި މުބާރާތަކީ ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ނެގުމަށް ބާއްވާ މުބާރާތެއްކަމަށް މަޢުލޫމާތުލިބެއެވެ. ކުރިނބީ ސްކޫލްގެ ހޯލުގައި ފެށުނު މި މުބާރާތުގައި، 9 އުމުރުފުރާ އަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ އުމުރުފުރާއަކުންވެސް 1ވަނަ، 2ވަނަ އަދި 3 ވަނައިގެ އިތުރުން ބަލައިގެން ކިޔުމުގެ ގޮފިންނާއި ހިތުން ކިޔުމުގެ ގޮފިން 1 ވަނަ ހޮވާގޮތަށްވަނީ ހަމަޖެހިފައިކަމަށް "ޓަޗް ވިތް ކުރިނބީ" ވެބްސައިޓް އިން މަޢުލޫމާތުދެއެވެ.
102 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ކުރިނބީ ސްކޫލުން މިމުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ 15 ދަރިވަރުންނެވެ.

















ޚިޔާލު