ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި، 21 އަހަރު ދުވަހުގެ މުއްދަތަށް ހދ. ހޮނޑައިދޫ ކުއްޔަށް ދިނުމަށް ބީލަންހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައިފިއެވެ.
މިކަމަށް ޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިއުލާންގައި ހާމަކޮށްފައިވާގޮތުން، ހދ. ހޮނޑައިދޫ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށްޓަކައި، 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަމަޖެހިއިވާކަމަށެވެ.
ސިޔާސީ ބަޔަކު ރާބޮއެގެން ހައްޔަރު ކުރުމުގެ މައްސަލާގައި، ޔޮޓް ޓުއާސްއަށް ހަވާލުކޮށްފައިވާ ހދ. ހޮނޑާދޫގެ އެއްބަސްވުން އުވާލައި އަލުން ބީލަމަށް ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުއްވުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން 27 ފެބްރުއަރީ 2013 ވާ ބުދަ ދުވަހު އޮންނާނެ ކަމަށް މިޢިއުލާންގައިވެއެވެ. އަދި މި ރަށާ ބެހޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާނީ، ބީލަން ހުށަހަޅަން ގަސްތު ކުރައްވާ ފަރާތަކުން ކަމަށް ވެސް އިޢުލާންގައިވެއެވެ. އަދި އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއާއެކު އެފަރާތުގެ ސިޓީއެއް ނުވަތަ ކުންފުންޏެއް ނަމަ އެތަނެއްގެ ލެޓަރހެޑްގައި، އެތަނެއްގެ ތައްގަނޑުޖަހައި ސޮއި ކޮށްފައިވާ ސިޓީއެއް ހުށަހަޅުއްވަން ޖެހޭކަމަށް އިޢުލާންގައިވެއެވެ.
ބީލަމާ ބެހޭގޮތުން މަޢުލޫމާތު ސާފު ކުރައްވަން ވަޑައިގަންނަވާ ބޭފުޅުން، އެބޭފުޅަކީ ކާކުކަން އަންގައިދޭ، ފޮޓޯ ޖެހި، އައިޑެންޓިޓީ ކާޑު ނަންބަރު އެނގެން އޮތް، ރަސްމީ ލިޔުމެއް ގެންނަވަން ވާނެކަމަށްވެސް އިޢުލާންގައިވެއެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށްޓަކައި ހދ. ހޮނޑައިދޫ ކުރިން ހަވާލް ކުރެވިފައިވާ ޔޮޓް ޓުއާސްގެ އެއްބަސްވުން އުވާލައިފާވަނީ ބަނގުރާ ބުއިމާއި މަސްތުވާ ތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި، މަޖިލީހުގެ ދެ މެމްބަރަކާއި ބައެއް ސިޔާސީ ބޭފުޅުން އެރަށުން ހައްޔަރު ކުރުމާ ގުޅިގެންނެވެ.

















ޚިޔާލު