ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާރޓީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމުގެ ރިޔާސީ ޕްރައިމަރީ އަންނަ މާޗް މަހު 30 ގައި ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ރޭ ނިންމައިފި އެވެ.
ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރޭ އޮތް އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުން މާޗު 30ވާ ހޮނިހިރު ދުވަހު ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކަ ކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 25ގެ ނިޔަލަށެވެ. ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު މުލަކު ދާއިރާގެ އަބްދުﷲ ޔާމީނާއި ޕާޓީގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވަނީ އިއުލާން ކުރައްވައިފަ އެވެ.

















ޚިޔާލު