ރާއްޖޭގެ ޚަބަރު

ޒަކާތާގުޅޭ މަޢުލޫމާތު ދިނުމުގެ ފޯރަމެއް މިރޭ އައްޑޫސިޓީ މަރަދޫގައި

faisha_maldivain_money_rufiya_dhiislam

އައްޑޫސިޓީ މަރަދޫގައި ހިންގާ "ހިޔައު" ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން ޒަކާތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ފޯރަމެއް މިރޭ އެ އަވަށުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޚާއްޞަކޮށް ވިޔަފާވެރިންނަށާއި އެކިއެކި މަސައްކަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ފޯރަމް އޮންނާނީ މިރޭ 20:30 ގައި މަރަދޫ އިރުޝާދިއްޔާ ސްކޫލްގަ އެވެ.

މި ފޯރަމްގައި މަޢުލާމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ.

ހިޔައު ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި މި ފޯރަމްގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ދައްކާ މީހުން ޒަކާތް ދައްކަން ޖެހޭތޯ ނުވަތަ ނޫންތޯ އާއި ލޯނު ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ޒަކާތް ދައްކަންޖެހޭތޯ އަދި މީގެ އިތުރުންވެސް، ޒަކާތާ ގުޅޭ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ އެވެ.
ވީހާވެސް ގިނަ ފަރާތްތަކުން މި ފޯރަމްގައި ބައިވެރިވުމަށް ހިޔައު ޖަމްޢިއްޔާއިން އެދެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *